ފޮރިންގގޮއިންގ ޝިޕް ކެޕްޓަނުން ތަމްރީނު ކުރަން އެމްއެންޔޫއިން ފަށަނީ

ފޮރިންގގޮއިންގ ޝިޕް ކެޕްޓަނުން ތަމްރީނު ކުރަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް) އިން ފަށަން ތައްޔާރުވާން ފަށައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ކޯހެއް ފަށާ ފުރަތަމަ ފަހަރެވެ.

ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒުގެ ހެޑް، މުހައްމަދު ޒައިދު ވިދާޅުވީ، ޝިޕްކެޕްޓަނުން ތަމްރީނު ކުރުމަށް ތައްޔާރު ކުރަން ޖެހޭ ކަރިކިއުލަމް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި އަންނަ އަހަރު މި ކޯސް ފަށައިގަނެވޭނެ ކަމަށެވެ.

ސިއެމްއެސްގެ އިސްވެރިޔާގެ ގޮތުގައި ދެވަނަ ދައުރަށް އައްޔަން ކުރަން ބޭއްވި ރަސްމިއްޔާތުގައި ޒައިދު ވިދާޅުވީ، އެ ސެންޓަރުގެ ހިންގުން ބިނާވެގެން ދާނީ ޤައުމީ ޔުނިވަރސިޓީގެ ސްޓްރެޓިޖިކް ގޯލް ތަކުގެ މައްޗަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ނެވިގޭޝަން އޮފިސަރުންނާއި މެރިން އިންޖިނޭރުން ތަމްރީނު ކުރަމުން އަންނަ ގޮތް ބަދަލުކޮށް، ބެޗްލަރސްއިން ނޯޓިކަލް ސައިންސް އަދި ބެޗްލަރ އޮފް މެރިން އިންޖިނިއަރިންގ ކޯސް ފަރުމާ ކުރުމުގެ މަސައްކަތް އެކްސްޕާޓުންގެ އެހީގައި ކުރިއަށް ގެންދާ ކަމަށެވެ. މި ކޯހުގައި ކިޔަވައި ދިނުމުގެ މަސައްކަތް 2026 ވަނަ އަހަރު ފެށޭނެ ކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، ސިއެމްއެސް އަކީ މާލީ ގޮތުން ދެކޮޅު ޖެހޭ ތަނަކަށް ހެދުމަށް ޝިޕިންގ އިންޑަސްޓްރީއަށް މަންފާ ކުރުވަނިވި ތަނަކަށް ހަދަން އާމްދަނީ އިތުރުކުރެވޭނެ ކޯސްތައް ތައާރަފު ކުރައްވާނެ ކަމަށާއި އެ ސެންޓަރުން ފޯރުކޮށްދޭ ތަމްރީނުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުލާސް އެންކޭ ފަދަ ބައިނަލް އަޤްވާމީ ކުލެސިފިކޭޝަން ސޮސައިޓީއެއްގެ އެކެޑަމިކް އެކްރެޑިޓޭޝަން ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

2026 ވަނަ އަހަރު އައިއެމްއޯގެ ސީޓީސީޑަބްލިޔު ކޮންވެންޝަން ގެ ކިމްޕްރެހެންސިވް އަންނާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އައިއެމްއޯގެ ވައިޓް ލިސްޓް ޤައުމުތައް އަލުން އެކުލަވާލެވޭނެ ކަމަށް ބެލެވޭ ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ އޮޑިޓަށް އެ ސެންޓަރު އޮންނާނީ ތައްޔާރަށް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *