އެމްއެންޔޫގެ ޕެޓްރޯލިއަމް ސޭފްޓީ ކޯހުގައި ކަސްޓަމްސްގެ 16 މުވައްޒަފުން

މޯލްޑިވިސް ކަސްޓަމްސް ސަރވިސްގެ 16 މުވައްޒަފަކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރިއަށްގެންދާ "ޕެޓްރޯލިއަމް ސޭފްޓީ އެންޑް ކުއަންޓިޓީ އެސަސްމަންޓް" ކޯހުގައި ބައިވެރިވެއްޖެއެވެ.

އެމްއެންޔޫގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަރޑީޒްގައި ކުރިއަށްދާ މި ކޯގައި، ޕެޓްރޯލް، ގޭސްފަދަ ފަސޭހަކަމާއެކު އަލިފާން ހިފާ ޒާތުގެ މާހަޢުލުގައި މަސައްކަތްކުރާ އިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ކަސްޓަމްސްގެ މުވައްޒަފުންނަށް މުޙިއްމު އެތަށް މަޢުލޫއަކަށް އަލިއަޅުވާލާނެއެވެ.

މި ކޯސްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 21 ހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަކީ އެކި ދާއިރާތަކުން އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް އަމާޒުކޮށް، ތަފާތު އެކި ދާއިރާތަކުގެ ކުރު މުއްދަތުގެ ކޯސްތަކާއި ދިގު މުއްދަތުގެ ކޯސްތަށް ތަޢާރަފްކުރަމުން އަންނަ ޔުނިވާސިޓީއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *