ރިސަރޗް ކުރުމާއި ފޮތް ލިޔަން މާލީ އެހީއަށް އެދެން އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންނަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސާރޗް ގްރާންޓްސް އާއި ބުކް ރައިޓިން ގްރާންޓްސްއަށް އެ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ. މި މަހު 9 ވަނަ ދުވަހު، މި ދެ ގްރާންޓަށް ހުޅުވާލާފައިވާއިރު، ޝައުޤުވެރިވާ އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ކުރިން ލިޔެކިޔުންތަކާއެކު ހުށައަޅަން ޖެހެއެވެ.

ރިސާރޗް ގްރާންޓްސް އާއި ބުކް ރައިޓިން ގްރާންޓްސްއަށް ކޮންމެ އަހަރަކު ދެ ފަހަރު އެ ޔުނިވަރސިޓީން އިއުލާން ކުރެއެވެ.

އެމްއްނެޔޫގެ ރިސާރޗް ގްރާންޓާއި ބުކް ރައިޓިން ގ ގްރާންޓަކީ ޔުނިވަރސިޓީގެ މުވައްޒަފުންނާއި އަދި ދަރިވަރުންގެ މެދުގައި ދިރާސާތައް ކޮށް ދިރާސާ ތަކުގެ އަލީގައި ޢިލްމީ ހޯދުންތައް ހޯދާ ދަނެގަތުމުގެ ޘަޤާފަތެއް ބިނާކުރުމަށާއި އަދި މީގެ އިތުރުން ވެސް ތަފާތު އެކި ދާއިރާތަކާއި ގުޅޭ ޢިލްމީ

ފޮތްލިޔަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެމްއެންޔޫއިން ބުނީ، ކޮންމެ މުވައްޒަފަކު ވެސް އަދި ދަރިވަރަކު ވެސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ދިރާސާ ނުވަތަ ލިޔުމަށް ބޭނުންވާ ފޮތަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވިދާނެ ކަމަށެވެވެ. ޔުނިވަރސިޓީ ބުކް ރައިޓިން ގްރާންޓްސް އަދި ޔުނިވަރސިޓީ ރިސާރޗް ގްރާންޓްސް ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާރޗް އަދި ބުކް ރައިޓިންގ ގްރާންޓްސް ކޮމިޓީން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޕޯސަލްތަކަށެވެ.

ބުކް ރައިޓިންގ ގްރާންޓުން އެހީ ދިނުމަށް ހަމަޖެހިފައިވާ ގޮތް :

(ހ) ކުޑަމިންވަރު 10،000 (ދިހަހާސް) ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

(ށ) މެދުމިންވަރު: 10،000 – 50،000 (ފަންސާސްހާސް) ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

(ނ) މަތީމިންވަރު: 50،000 – 100،000 (އެއްލައްކަ) ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

ރިސާރޗް ގްރާންޓުން އެހީ ދިނުމަށް ހަމަޖެހިފައިވާ ގޮތް

(ހ) ކުޑަމިންވަރު: 10،000 (ދިހަހާސް) ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

(ށ) މެދުމިންވަރު: 10،001 – 100،000 (އެއްލައްކަ) ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

(ނ) މަތީމިންވަރު: 100،001 – 1،000،000 (އެއްމިލިއަން) ރުފިޔާ އާހަމައަށް ފައިސާގެ އެހީދެވޭ

މިއަހަރުގެ ހުޅުވާލި ފުރަތަމަ ބުރުގައި، ތަފާތު އެކި ފެކަލްޓީތަކުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ދިރާސާގެ އަލީގައި އައު ހޯދުންތައް ހޯދުމަށް ޖުމްލަ 1.8 މިލިއަން ރުފިޔާގެ ރިސާރޗް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަވާލު ކޮށްފައެވެ. އަދި ފޮތްތައް ލިޔެ ޕަބްލިޝް ކުރުމަށްޓަކައި ޔުނިވަރސިޓީގެ ބުކް ރައިޓި ންގ ގްރާންޓުން ޖުމްލަ 267،500 ރުފިޔާގެ އެހީ ވަނީ ދީފައެވެ.

އެމްއެންޔޫއިން ބުނީ، މިހާތަނަށް ޔުނިވަރސިޓީ ރިސާރޗް ގްރާންޓްސްގެ ގޮތުގައި ޖުމްލަ 16.5 މިލިއަން ރުފިޔާ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ދީފައިވާ ކަމަށެވެ. އަދި އެ ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓްސްގެ ގޮތުގައި 2،196،000 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *