ގިނަ އެވޯޑްތަކާއެކު އެންމެ މޮޅު ޑްރާމާއަކަށް އެމްއެންޔޫގެ "މަނާލް"

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) ގެ ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހުށައެޅި " މަނާލް" ހޮވައިފިއެވެ. އެންމެ މޮޅު ޑްރާމާގެ އިތުރުން އެންމެ ގިނަ އެވޯޑް ލިބުނީ ވެސް އެ ޑްރާމާގެ ތަރިންނަށެވެ. މި މުބާރާތުގައި އެމްއެންޔޫ ބައިވެރިވީ  މިއީ ފުރަތަމަ ފަހަރެވެ.

އެމްއެންޔޫޣޭ ޑްރާމާއަށް ލިބުނު ވަނަ ތައް:

އެންމެ މޮޅު ޑްރާމާ " މަނާލް"

އެންމެ މޮޅު ޑައިރެކްޓަރު، މުޙައްމަދު ފައިސަލް

އެންމެ މޮޅު އެކްޓަރެސް: ޑރ. ރަނާ އަޙްމަދު ޙަމީދު

އެންމެ މޮޅު ސަޕޯޓީންގ އެކްޓްރެސް: އާއިދާ ޙައްމާދު

އެންމެ މޮޅު އެޑިޓަރު، މުޙައްމަދު ފައިސަލް

އެންމެ މޮޅު ސްކްރީން ޕްލޭ: މަހުދީ އަޙްމަދު

އެންމެ މޮޅު ސިނެމަޓޮގްރަފީ: ބްރާހީމް ސުޖާޢު

އަދި މީގެ އިތުރުން ބެލުންތެރިންނަށް އެންމެ ކަމުދިޔަ ޑްރާމާއަކަށް ވެސް ހޮވިފައިވެއެވެ.

އެންސީއޭ މުބާރާތުގައި އެމްއެންޔޫ ގެ ކާމިޔާބީއަކީ ޢިލްމީ ދާއިރާގެ ތަރައްޤީއާއެކު ފަންނުވެރިކަމުގެ ހުނަރު ކުރިއެރުވުމަށް އެ

ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. މުވައްޒަފުންގެ ބައިވެރިވުމާއެކު ތައްޔާރުކުރި "މަނާލު" ޑްރާމާއަށް އެންމެންގެ ވެސްފަރާތުން ވަރަށް ބޮޑު ތަޢުރީފެއް ލިބި އެންމެ ރަނގަޅު ޑްރާމާގެ މަޤާމު ހޯދުމަކީ ޤައުމީ ޔުނިވަރސިޓީއަށް ލިބުނު ބޮޑުފަހުރެއް ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *