އައްޑޫ ސިޓީގައި ހުންނަ ޝަރަފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިލް ޒީނަތު ޒަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން މިނިސްޓަރުގެ ބައިބަކަށް އައްޔަން ކުރައްވައިފިއެވެ. ޝަރަފުއްދީން ސްކޫލުން ވަނީ ޒީނަތު އެ ސްކޫލަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީތަކެއް ހޯމަ ދުވަހު ބާއްވާފައެވެ. މި އެސެމްބްލީތައް ބޭއްވީ ދަރިވަރުންނާއި މުވައްޒަފުންނަށް ވަކިންނެވެ.
ޒީނަތު ވަނީ އެ ސްކޫލަށް 24 އަހަރު ޚިދުމަތް ކުރައްވާފައެވެ. އެ މުއްދަތުގައި ޓީޗަރެއްގެ ގޮތުގައި ކިޔަވައި ދެއްވުމާއި ލީޑިންގ ޓީޗަރެއްގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަޤާމް އަދާކުރެއްވިއެވެ.
ޝަރަފުއްދީން ސްކޫލުން ބުނެފައި ވަނީ، ޒީނަތު، ދަރިވަރުންގެ ކަންކަމަށް ޚާއްޞަ ކަމެއް ދެއްވައި ތެދުވެރިކަމާއެކު އެ ސްކޫލަށް ޚިދުމަތް ކުރައްވާފައިވާ ކަމަށެވެ.
އެސެމްބްލީގައި ޒީނަތު މިސްގެ ޝަޚްޞިއްޔަތުގެ ހަރުދަނާ ކަމުގެ މައްޗަށް ޕްރިންސިޕަލާއި އެސެމްބްލީގައި ބައިވެރިން ޝުޢޫރު ފާޅުކުރެއްވިއެވެ. މި އެސެމްބްލީގައި ދެކެވުނު ވާހަކަ ތަކާ ފެނުނު މަންޒަރުތަކުން ދަރިވަރުންނާއި ޓީޗަރުންގެ އިތުރަށް ސްކޫލްގެ ބެލެނިވެރިންގެ ހިތްޕުޅުގައި ޒީނަތު މިސް އާއި މެދު އުފެދިފައިވާ ލޯތްބާއި ޚިދުމަތްތަކުގެ އަގުވަޒަންކުރާ މިންވަރު ހާމަވެގެން ދިޔަކަމަށް ޝަރަފުއްދީން ސްކޫލުން ބުނެއެވެ.
ހިޔާލު