ހުވާވޭގެ "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖޭގެ ހަތަރު ދަރިވަރުން

އައިސީޓީ ދާއިރާގައި ޒުވާނުން ބިނާކުރުމަށް ހިންގާ ޗައިނާގެ ހުއާވޭ ކުންފުނީގެ "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި މި ރާއްޖޭގެ ފަރާތުން ހަތަރު ދަރިވަރުން މި އަހަރު ބައިވެރިވާނެއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުންނަށް ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ.

ހުވާވޭގެ "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވަނީ ވިލާ ކޮލެޖްގެ ދެ ދަރިވަރުންނާއި އެމްއެންޔޫގެ ދަރިވަރަކާއި އެވިޑް ކޮލެޖްގެ ދަރިވަރެކެވެ. މި ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުން މި މަހުގެ 21ން 29 އަށް ޗައިނާގައި، ތަފާތު ޓްރެއިނިންގ ޕްރޮގްރާމް ތަކާއި ސަޤާފީ އެތައް ކަންތައްތަކެއް ތަޖުރިބާކޮށް ދަސްކުރާނެއެވެ.

"ސީޑްސްފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުން

  • ޔޫސުފު މިޛްއާން މުޙައްމަދު ( އެމްއެންޔޫ)
  • އައިޝަތު މުޝީރާ (ވިލާ ކޮލެޖް)
  • އައިޝަތު އަލްޔާ (ވިލާ ކޮލެޖް)
  • ހަމްނާ ހުސައިން (އެވިޑް ކޮލެޖް)

ސީޑްސް ފޯ ދަ ފިއުޗާ އަކީ ކޯޕަރޭޓް ލެވެލްގައި ވާވޭގެ ފްލެގްޝިޕް ސީއެސްއާރު ޕްރޮގްރާމެވެ. ކުރު މުއްދަތުގެ ތަމްރީނުތަކާއި، ބައިނަލްއަޤްވާމީ މުބާރާތްތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ވަށައިގެން މިހާރު ކުރިއަށްދާ އެލުމްނައި ޙަރަކާތްތަކުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ހުނަރުވެރިން ހޮވައިގެން، އިންޑަސްޓްރީގެ އިނޮވޭޝަން ދެނެގަތުމަށާއި، ކްރޮސް ކަލްޗަރަލް އެކްސްޗޭންޖްތައް ތަޖުރިބާކޮށް، ވިޔަފާރިވެރިކަމުގެ ރޫޙު އަށަގެންނެވުމަށް މުހިންމު ޕްލެޓްފޯމެއް ލިބިގެންދެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަސާސްތަކުގެ ގޮތުގައި ޤައުމިއްޔަތާއި އިންކްލޫސިވިޓީގެ ތަފާތުކަން ހިމަނާފައިވާއިރު، އަންހެން ދަރިވަރުންގެ ބައިވެރިވުމުގެ ރޭޓް މަދުވެގެން ތިންބައިކުޅަ އެއްބަޔަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

2008 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ފައިދާ 141 ޤައުމުތަކެއްގެ 500 އަށްވުރެ ގިނަ ޔުނިވަރސިޓީތަކުގެ 18،000 ދަރިވަރުންނަށް ވަނީ ލިބިފައެވެ. ރާއްޖޭގެ ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވާން ފެށީ ހުސްވި އަހަރުން ފެށިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *