އުނގެނުމާއި ހުނަރު ދަސްކޮށްދޭން "ސްކިލް ރޫމް"އެއް ޣާޒީ ސްކޫލުގައި ހުޅުވައިފި

އުނގެނުމުގައި އެހީތެރިކަން ބޭނުންވާ ދަރިވރުންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭން "ސްކިލް ރޫމް" އެއް ޣާޒީ ސްކޫލުގައި މިއަދު ހުޅުވައިފިއެވެ.

"ސްކިލް ރޫމް" ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އައިޝަތު ވަދީފާ އާއި މުނިހޯމްކެއަރގެ މާކެޓިންގ މެނޭޖަރެވެ.

ސްކިލް ރޫމުގައި ދަރިވަރުންނަށް ދަސްކޮށްދޭނީ ކެއްކުމާއި ފެހުމާ ގުޅުން ހުރި ހުނަރު ތަކެވެ.

ސްކިލް ރޫމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައި ވަނީ ހެޔޮއެދޭ ފަރާތްތަކުންނާއި އެ ސްކޫލުގެ ބެލެނިވެރިންނެވެ. މުނިހޯމް ކެއަރއިން ބަދިގެ ސެޓެއް ހަދިޔާކޮށްފައިވާއިރު ހެޔޮއެދޭ އެހެން ފަރާތްތަކުން އަވަނާއި މައިކްރޯވޭވް އާއި ފަހާފޮށި ހަދިޔާކޮށްފައިވެއެވެ.

ޣާޒީ ސްކޫލްގެ އިންކުލޫސިވް ސަޕޯޓް ޔުނިޓްގެ ލީޑިންގ ޓީޗަރު ސައީދާ ހަސަން ވިދާޅުވީ، ސްކިލް ރޫމް ތައްޔާރު ކުރެވުނީ ހެޔޮއެދޭ ފަރާތްތަކާއި ބެލެނިވެރިންގެ ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށާއި އެ ފަރާތްތަކުން ވެ ދިން އެހީތެރިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

" އަޅުގަނޑުމެންނަށް ފޯރުކޮށްދިން އެހީތެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ތައުލީމީ ނިޒާމުގެ ތެރެއިން މުޖްތަމައަށް ނެރެވޭނެ" ސައީދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްކިލް ރޫމް ތަރައްޤީ ކުރަން މުނިހޯމްކެއަރއިން ވެދިން އެހީތެރިކަމަށް އެކުންފުންޏަށް އެ ސްކޫލުގެ ނަމުގައި ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ސައީދާ ވިދާޅުވީ، އެ ސްކޫލުގެ ކުރިއެރުމަށް ބެލެނިވެރިންގެ ދައުރު ބޮޑު ކަމަށާއި މިހާތަނަށް އަގު ނުކުރެވޭ ޚިދުމަތްތަކެއް ބެލެނިވެރިން ކޮށްފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *