ވ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތައް ބައިވެރިކޮށްގެން "ވާއު ޓޯކްސް" ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ފަށައިފިއެވެ. ސިލްސިލާ ގޮތެއްގައި މަހަކު އެއް ފަހަރު މި ޝެޝަން ބާއްވާއިރު، ފުރަތަމަ ސެޝަން ބޭއްވީ އިއްޔެއެވެ. ސެޝަން ނަންގަވައި ދެއްވީ ލަކްސް ރިސޯޓްސްގެ ރީޖަނަލް ޑިރެކްޓަރ އޮފް ޓްރެއިނިންގ، ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ ހުސައިން އަފީފެވެ. އަފީފު ދަނީ މިހާރު ވެސް ގިނަ ސްކޫލްތަކުގެ ދަރިވަރުންނަށް މިފަދަ ސެޝަންތައް ނަންގަވައިދެއްވަމުންނެވެ.

ވ. އޭއީސީގެ ޕްރިންސިޕަލް ރާފިއު ޖަމީލު ދަރިވަރު ނޫހަށް މިއަދު ވިދާޅުވި ގޮތުގައި، ވާއު ޓޯކްސް ކުރިއަށް ގެންދަނީ އެ އަތޮޅުގެ އެހެން ސްކޫލްތައް ވެސް ބައިވެރިކޮށްގެން ކަމަށާއި ފުރަތަމަ ބޭއްވި ސެޝަންގައި ވަގުތާއި ދަތުރުފަތުރުގެ ދަތިކަން ހުރުމުން ބައިވެރިވީ ކެޔޮދޫ ސްކޫލުން ކަމަށެވެ.
" ވޯވް ޓޯކްސް" ލޯންޗް ކުރުމަށް ބޭއްވި ސެޝަންގައި ފުލިދޫގައި ހުންނަ އަތޮޅު މަދަރުސާއަށް ބައިވެރި ނުވެވުނީ، ކުރިއަށް ހުރި ސެޝަންތަކުގައި އެ ސްކޫލުން ބައިވެރިވާނެ" ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ، ފުރަތަމަ ސެޝަނުން ވެސް މުހިންމު މައުލޫމާތު ތަކެއް ލިބުނު ކަމަށް ދަރިވަރުން ފާހަގަކޮށްފައިވާ ކަމަށާއި ސެޝަން ގެންދިޔައީ ވެސް ދަރިވަރުންގެ ޝައުޤުވެރިކަން ހުންނާނެ ގޮތަށް ބަލައިގެން ކަމަށެވެ.
މި ސެޝަންތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި އުޅުމަށާއި ހަރުދަނާ ދަރިވަރަކަށް ވުމަށް މަގުފަހިވާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވާއު ސެޝަންތައް ބާއްވަނީ އިލްމީ ތަޖުރިބާ ހުރި ފަރާތްތައް ގެނެސްގެން ކަމަށާއި އެ ސެޝަންތައް ބޭއްވުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސައި ދެނީ އެރަށު ބާނި ލޮޖު ގެސްޓްހައުސްއިން ކަމަށެވެ.
" ސްކޫލުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް، މި ޕްރޮގްރާމް އަޅުގަނޑުމެން ރާވާފައި ވާނީ" ރާފިއު ވިދާޅުވިއެވެ.
ދަރިވަރުންނަށް ފައިދާ ހުރި އެ ޕްރޮގްރާމުގެ ޚަރަދުތައް ހަމަޖައްސައިދޭ ކަމަށްޓަކައި ބާނި ލޮޖަށް ވ. އޭއީސީން ޚާއްޞަ ޝުކުރެއް އަދާކުރެއެވެ.


advertisment
ހިޔާލު