ޑަބްލިޔުއެސްސީގެ ގްލޯބަލް ރައުންޑްއިން ތިން ވަނަ ބްރައިޓްވޭއަށް

ވޯލްޑް ސްކޮލަރސް ކަޕް ގްލޯބަލް ރައުންޑުން ތިން ވަނަ ސްކޫލުގެ ގޮތުގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް ފައިނަލް ރައުންޑަށް ގޮސްފިއެވެ.

ތައިލެންޑްގެ ތަމްމަސަތު ޔުނިވާސިޓީގައި ބޭއްވި ގްލޯބަލް ރައުންޑްގައި 35 ގައުމަކުން 4،000 އަށް ވުރެ ދަރިވަރުން ބައިވެރިވިއެވެ. ބްރައިޓްވޭ ދިޔައީ ބައިވެރިވި ސްކޫލްތަކުގެ ތެރެއިން ތިންވަނަ އަށެވެ.

ގްލޯބަލް ރައުންޑްގައި ބްރައިޓްވޭގެ 41 ދަރިވަރުން ވާދަކޮށް 27 ދަރިވަރުން އެމެރިކާގެ ނިއު ހެވަންގެ ޔޭލް ޔުނިވާސިޓީގައި އޮންނަ ޗެމްޕިއަންސް ރައުންޑަށް ކޮލިފައިވިއެވެ. އެއީ ޖޫނިއަރ ތިން ތީމާއި ސީނިއާ ހަ ޓީމެވެ.

މި މުބާރާތުގައި ބްރައިޓްވޭ ދަރިވަރުން، 89 ރަން މެޑަލާއި 101 ރިހި މެޑަލުގެ އިތުރުން 13 ޓްރޮފީ ހޯދިއެވެ. މިއީ މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވާން ފެށީއްސުރެ މިހާތަނަށް ހޯދި އެންމެ މަތީ ކާމިޔާބީއެވެ.

ޗެމްޕިއަންސް ރައުންޑް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި ހަރަކާތުގެ ސަބަބުން ކްރިޓިކަލް ތިންކިންގ، ޕަބްލިކް ސްޕީކިންގ އާއި ޓީމް ކޯލަބަރޭޝަން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ ތަފާތު ފުރުޞަތުތަކެއް ދަރިވަރުންނަށް ލިބިގެންދިޔައިރު، އެކަމުގެ ސަބަބުން އެކުދިންގެ ޚިޔާލުތައް ހަރުދަނާގޮތެއްގައި ހުށައެޅުމުގައި އިތުބާރު އަދި ޔަގީންކަން ލިބިގެން ދިޔައެވެ.

ބްރައިޓްވޭއިން ބުނީ، ރާއްޖޭގައި ބޭއްވި ރީޖަނަލް ރައުންޑުން ގްލޯބަލް ރައުންޑަށް 100އެއްހާ ދަރިވަރުން ކޮލިފައިވި ކަމަށާއި ތަފާތި އެކި ސަބަބުތަކާ ހުރެ ގްލޯބަލް ރައުންޑްގައި ބައިވެރިވެވުނީ 41 ދަރިވަރުންނަށް ކަމަށެވެ.

ސިންގަޕޫރުގެ ކަރިކުލަމަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލް ބްރައިޓޭވޭއިން އަންނަނީ ޑަބްލިޔުއެސްސީގައި ރަނގަޅު ކާމީޔާބެއް ކޮންމެ އަހަރަކު ވެސް ހޯދަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *