މަތީ އަރުތަވެރީންގެ އިނާމް: ވަކިވަކި މާއްދާތަކުން އެއްވަނަ 9 ދަރިވަރުންނަށް، އެކްސެލެންސް ސެޓިފިކެޓް 27 ދަރިވަރުންނަށް

މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ޖަލްސާ ތިން ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ވަކިކި މާއްދާތަކުން އެއްވަނަ 9 ދަރިވަރުންނަށް، އެކްސެލެންސް ސެޓިފިކެޓް 27 ދަރިވަރުންނަށް ވަނީ ދީފައެވެ. މި ތިން ދަންފަޅިވެސް ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

202-2023ދިރާސީ އަހަރު ދިވެހިރާއްޖޭގެ 3،268 ދަރިވަރުން މަތީ ޘާނަވީ އިމްތިހާން ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރެއިން 376 ދަރިވަރަކު ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އަދި 17 ދަރިވަރަކު ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ހިމެނިފައިވާއިރު، ވަކި ވަކި މާއްދާތަކުން 9 ދަރިވަރަކު ވަނީ ދުނިޔެއިން 1 ވަނަ ހޯދާފައެވެ. މިއަހަރު ތިން އޭ* ހޯދައިގެން "އޭލެވެލް ސެޓްފިކެޓް އޮފް އެކްސެލެންސް" 27 ދަރިވަރުން ވަނީ ހާސިލުކޮށްފައެވެ.

މި ޖަލްސާގެ ފުރަތަމަ ދަންފަޅީގައި އިނާމު ހަވާލުކޮށްފައިވަނީ މަތީ ޘާނަވީ ނިންމާ އިމްތިހާނުތަކުގެ ގައުމީ ގަދަ 10ގެ 10ވަނަ، 9 ވަނަ އަދި 8 ވަނައިގައި ހިމެނުނު ދަރިވަރުންނަށާއި އެންމެ މަތީ ނަތީޖާ ހޯދި ބައެއް ދަރިވަރުން ހިމެނޭހެން ޖުމްލަ 131 ދަރިވަރުންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *