ޕްރޮޖެކްޓް ބޭސް ލަރނިންގ: ދަރިވަރުންނަށް އެތައް ފައިދާއެއް ވި ނަމަވެސް ބުނަން ފަސޭހަ ކުރަން ފަސްޖެހޭ މުހިއްމު ހަރަކާތެއް

އިސްމާއިލް ނަޞީރު
ޕްރޮޖެކްޓް ބޭސް ލާނިންގްއަކީ ކޮބާ؟

ޕްރޮޖެކްޓް ބޭސް ލަރނިންގ ނުވަތަ އުނގެނުމުގައި ދިރާސާކުރުމުގެ ހުނަރު އެކުލެވޭގޮތަށް ދަރިވަރުންނަށް އުނގަންނައިދިނުމަކީ އުނަގަންނައިދިނުމަށް ކަނޑައެޅޭ މަގުސަދު ފުރިހަމަގޮތެއްގައި ދަރިވަރުނަށް ފޯރުކޮށްދިނުމަށް މަޢުލޫމާތާއި،  ސިފައާއި ހުނަރު އެކުލެވޭގޮތަށް ވަކިގޮތަކަށް ބައްޓަންކުރެވިފައިވާ ސުވާލުތަކެއްގެ މައްޗަށް ދިރާސާކޮށް ޖަވާބު ހޯދޭގޮތަށް އެކުލަވާލެފިފައިވާ ފްރޭމްވޯކެއްގެ ތެރެއިން ދަރިވަރުނަށް ގެންދެވޭ އުގަންނައިދިނުމުގެ ހަރަކާތެކެވެ.

މިގޮތުން، ޕްރޮޖެޓް ޑިޒައިންކުރެވޭ މާއްދާއާއި، ކަނޑައެޅޭ އައުޓްކަމްއާއި، އެ އައުޓްކަމްއެއްގައި ހިމެނޭ އިންޑިކޭޓަރތަކަށް ރިއާޔަތްކޮށް އެއައުޓްކަމްގެ ނަތީޖާ އެއްމެ ފުރިހަމަގޮތެއްގައި ނެރުމަށްޓަކައި، އުނގަންނައިދިނުމަށް ކަނޑައެޅޭ މައިގަނޑު ހަރަކާތަކީ ޕްރޮޖްޓްބޭސް ލަރނިންގ ކަމުގައިވާނަމަ ދަރިވަރުންނަށް އެފިލާވަޅެއް ގެންދިމުމަށް އެންމެ ރަނަގަޅުގޮތަކީ ޕްރޮޖެކްޓްބޭސްލާނިންގެ ތެރެއިން އެފިލާވަޅުގެ މަގުސަދު ހާސިލުކޮށްދިނުމެވެ.

މިސާލު؛ ގްރޭޑް 4 ގެ ސޯސިއަލްސްޓަޑީސް، ސަބްސްޓްރޭންޑް؛ ސޮސައިޓީ އެންޑް އެންވާރަމެންޓް، އައުޓްކަމް 2.4 އާއްމު ތިމާވެއްޓާއި، ރަށުގެ ތިމާވެއްޓަށް ދިމާވާ މައްސަލަތައް!. މި އައުޓްކަމްއަކީ މީގައި ބަޔާންކުރާ އިންޑިކޭޓަރއަށް ބަލާއިރު، ޕްރޮޖެކްޓެއް ޑިޒައިންކޮށް، ޕްރޮޖެޓްބޭސް ލަރނިންގ ތަންފީޒުކޮށްގެން އުނގެނުމުގެ ފުންމިނަށް މި ސުރުހީގެތެރެއިން ޝައުގުވެރިކަމާއިއެކު ދަރިވަރުންނަށް ކިޔަވައިދެވިދާނެ އައުޓްކަމްއެކެވެ. މި އައުޓްކަމް ހާސިލްކޮށްދިނުމަށް ޕްރޮޖެކްޓްބޭސް ލަރނިންގ އިޚުތިޔާރުކުރެވިއްޖެނަމަ، ތިމާވެއްޓާ ގުޅޭ ގިނަމާއުލޫމާތު ދަރިވަރުންގެ ހިއްސުތައް ބޭނުންކޮށް އަދި  ބަލާ ހޯދުމުގެތެރެއިން ދަރިވަރުން ދަސްކޮށް "އޯތެންޓިކް ލާނިންގް" އެއް ކަށަވަރުކުރާނެއެވެ. އަދި ތިމާވެއްޓަށް ލޯބިކުރުމުގެ ސިފައާއި އާދަހަރުލުމަށް ދަރިވަރުންގެ ނަފްސުގައި އިތުބާރު އުފެއްދުމާއި، ހުނަރުތަކުގެތެއިން އޮބަޒާވް ކުރުމާއި، ކްރިޓިކަލްކޮށް ވިސްނުމާއި، ޑޭޓާ އެއްކުރުމާއި، ތަރުތީބުން ކަންކަން ކުރުމާއި، ކަނުލާއަޑުއެހުމާއި، ވަގުތު ބަހާލައިގެން ކަންކަންކުރުން ނުވަތަ ޓައިމްމެނޭޖުކުރުން ފަދަ އެތައް ހުނަރެއް ދަރިވަރުން ދަސްކުރާނެއެވެ.

ޕްރޮޖެޓްބޭސް ނަރނިންގ ވޯކްޝޮޕްތަކުގެތެރެއިން ތަމްރީނުލިބުމަށް ފަހު ވެސް ރާއްޖޭގެ ސްކޫލްތަކުން މި މުހިއްމު މަސައްކަތް ކިޔަވައިދިނުމުގެ ތެރެއިން ފެނުން މަދުވަނީ ކީއްވެ؟

މިސުވާލަށް ޖަވާބެއް ހޯދުމަށްޓަކައި 19 މުދައްރިސެއްގެފަރާތުން ދިރާސީވިސްނުމަކުން ސުވާލުކޮށް ޖަވާބުތަކެއް ހޯދީމެވެ. އޭގެތެރެއިން 10 މުދައްރިސަކު ވިދާޅުވެފައި ވަނީ ޕްރޮޖެކްޓްބޭސް ލަރނިންގ ގެންދަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ގިނަވަގުތު އެކަމަށް ހޭދަކުރަންޖެހުމެވެ. ހަ މުދައްރިސަކު ފާހަގަކުރަނީ، ޕްރޮޖެކްޓް ޑިޒައިންކުރަން އުނދަގޫވުމާއި، މާނަހުރިގޮތެއްގައި ފަރުވާތެރިކަމާއިއެކު ޕްރޮޖެކްޓް ޑިޒައިން ނުކުރެވޭތީ އެކަށީގެންވާގޮތެއްގައި ޕްރޮޖެކްޓްބޭސް ލަރނިންގ ތަންފީޒު ނުކުރެވެނީ ކަމުގައެވެ. އަދި އެއް މުދައްރިސަކު ފާހަގަކުރައްވާ ގޮތުގައި ދަރިވަރުންނަށް ދެވިފައިވާ ވަގުތަށް މަޝްވަރާކުރުން ނިންމާނުލެވުމަކީ މިކަންކުރުމަށް ދިމާވާ ދައްޗެއް ކަމުގައެވެ. ނަމވެސް، ހުރިހާ މުދައްރިސުން އެއްބަސްވާ އެއްކަމެއް ފާހަގަކުރެވުނެވެ، ޕީ.ބީ. އެލް ނުވަތަ ޕްރެޖެކްޓްބޭސް ލަރނިންގއަކީ މާނަހުރި އުނގަންނައިދިނުމެއް ތަންފީޒުކުރެވޭނެ ޓީޗިންގް މެތޮޑެއްކަމަށް އެއްބަސްވެ ލައްވައެވެ.

މުދައްރިސުންގެ ގަބޫލުކުރުންތައް މިހެންހުރިއިރު، މިހާރު ތަންފީޒުކުރާ ގައުމީ މަންހަޖު މާނަހުރިގޮތެއްގައި ތަންފީޒުކުރެވޭނަމަ، ދަރިވަރުން އާ މަޢުލޫމާތު ނުވަތަ ނިއުނޮލެޖް އުފައްދާނެއެވެ. ނުވަތަ އާ ހޯދުންތަކުގެ އަލީގައި އާމަޢުލޫމާތު އުފައްދާނެއެވެ. އުނގެނުމަށް ޝައުގުވެރިވާނެއެވެ. އެ ދަރިވަރަކަށް އެ ދަރިވަރެއްގެ ލަރނިންގ ސްޓައިލް ނުވަތަ ދަސްކުރަންފަސޭހަ ގޮތްތައް ބުނެދޭނެއެވެ. އެއީ ވިޝުއަލް ލާނަރ ކަމަށް ވިޔަސް، އޮޑިޓަރީ ލަރނާ ކަމަށްވިޔަސް، ބޮޑީ ކިނެސްތެޓިކް ނުވަތަ ކުރެހުމާއި ލިޔުމުން ދަސްކުރާ ކުއްޖެއްކަމަށް ވިޔަސް އެކަން ބުނެދޭނެއެވެ. ހިތުގައި އުފެދޭ ސުވާލަކީ ދަތި އުނދަގޫތަކެއް ހުރިނަމަވެސް، މަންހަޖުގައި ބަޔާންކުރާ ސިފަތަކަށް ދަރިވަރު އަވަހަށް ފައްކާކުރުމަށް ޕްރޮޖެކްޓްބޭސް ލަރނިންގ ނުފުދޭތޯއެވެ.

މުދައްރިސުންނަށް ޕްރޮޖެކްޓް ޑިޒައިންކުރުމުގައި އެއްމެ ދަތިވާ ކަންތައްތަކަކީ ކޮބާ؟

ޕްރޮޖެކްޓް ބޭސް ލަރނިންގ ސްކޫލްތަކުގައި ގެންދިއުމަށް މުދައްރިސުންނަށް ތަމްރީން ދިނުމަށް ރާއްޖޭގެ ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއެކު ހޭދަކުރެވުނު ވަގުތުތަކުން ފާހަގަކުރެވުނު ބައެއްކަންކަން ހާމަ ކޮށްލާނަމަވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޕްރޮޖެޓް ޑިޒައިންގެ ތަރުތީބު ދޭހަވުމަށް ދަތިތަކެއް ދިމާވާ ކަމުގައެވެ. އެގޮތުން؛ ޕްރޮޖެޓްގެ ނަމާއި، މާއްދާއާއި، ޓޮޕިކް، އައުޓްކަމް، އިންޑިކޭޓަރ، މައިގަނޑު ގާބިލިއްޔަތާއީ ވެލިއުސްތަކުގެ އިތުރުން، ޕްރޮޖެކްޓްގެ ސަމަރީއެވެ. އަދި އެއްމެބޮޑަށް މުދައްރިސުންނަށް ދިމާވާ އެއް އުނދަގުލަކީ ޕްރޮޖެކްޓްގެ މައިގަނޑު ސުވާލު އުފެއްދުމެވެ. އަދި މައިގަނޑު ސުވާލަށް ބާރުދޭ ސުވާލުތައް އުފެއްދުމެވެ. މީގެ އިތުރުން، ޕްރޮޖެކްޓަށް ބޭނުންވާ ވަސީލަތްތަކާއި، އެންޓްރީ އިވެންޓާއި، ކުރިއަށް ގެންދާނެ ގޮތާއި މުޅި ޕްރޮޖެކްޓްގެ ފައިނަލް ޕްރޮޑަކްޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރާން ދަތިވުމެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، އެއްމެ ދަތިވާ އެއްކަމަކީ ހަގީގަތުގައި ވެސް މައިގަނޑު ސުވާލު ނުވަތަ ޑްރައިވިންގް ކުއެސްޝަންއެވެ. ނަމަވެސް، މުދައްރިސުންގެތެރެއިން، ރިސާޗު ހައްދަވާ، ރިސާޗު މެތޮޑޮލޮޖީއަށް ފަރިތަ ބޭފުޅުންނަށް މިކަން އެހާ ދަތިކަމަކަށް ވާނެކަމަކަށް އަޅުގަނޑު ނުދެކެވެ.

މި ލިޔުމުގެ ފެށުނު ހިސާބުގައި ބަޔާންކުރެވުނު މިސާލަށް ޖެހިލާނަމެވެ. އެއީ ސޮސައިޓީ އެންޑް އެންވާރަމެންޓް މިއައުޓްކަމްއެވެ. މިއައުޓްކަމް ދަރިވަރުންނަށް ޙާސިލްކޮށްދިނުމަށް ޕްރޮޖެޓެއް ހެދުމަށް މައިގަނޑު ސުވާލެއް ހިމަނާލަމާތޯއެވެ. އަދި ބަލަން ޖެހޭ ސިފަތަކަކީ ކޮބައިތޯ ވެސް ބަލާލަމާތޯއެވެ. އެގޮތުން މައިގަނޑު ސުވާލެއްގެ ގޮތުގައި ؛ " އަހަރެމެންގެ ރަށް ނުވަތަ ރ. ވާދޫގެ ރަށް ގިރުމުގެ މައްސަލަ ދުވަހެއްދުވަހަކަށް އިތުރުވަމުންދާތީ އެކަން ދިމާވުމަށް މިހާރު ފެންނަމުންދާ ކަންކަން އެސަރަހައްދުތަކަށް ގޮސް ބަލާ ހޯދުމުގެ ތެރެއިން ފާހަގަކޮށް ލީފްލެޓެއް ތައްޔާރުކުރުން" މި މައިގަނޑު ސުވާލުގެ ސިފަތަކަށް ބަލާއިރު، މި ޕްރޮޖެޓް ހަދަން ޖެހޭ ސަބަބު ސުވާލުން ފެނެއެއެވެ. " އަހަރެމެންގެ ރަށުގައި ރައްގިރުމުގެ މައްސަލަ ދުވަހެއްދުވަހަކަށް އިތުރުވަމުންދާތީ " މި ސުވާލަށް ޖަވާބު ހޯދާނީ ކިހިނެތްކަން ސުވާލުން ފެނެއެވެ. " އެސަރަހައްދުތަކަށް ގޮސް ބަލާހޯދުމުގެ ތެރެއިން " އަދި ޕްރޮޖެކްޓުން އުފައްދާނެ ޕްރޮޑަކްޓް ބުނެދެއެވެ. " ލީފްލެޓެއް ތައްޔާރުކުރުން". ވީމާ، މި ސިފަތައް މައިގަނޑު ސުވާލުން ފެނުމަކީ މުހިއްމުކަމެކެވެ.

ޕްރޮކެޓް ބޭސްލާނިންގްއަކީ ވިސްނުމާއި ހުނަރު އިތުރުކޮށްދޭ އުފެއްދުންތެރި ޚިޔާލު ގެނެސްދޭ "މޮޅު ދަރިވަރުން އުފެއްދުމަށް" ހެޔޮފާލެއް ކަމުގައިވި ޔަސް މިކަމަކީ ގިނަ މުދައްރިސުންނަށް ކަރުނައަޅަން ޖެހޭހާ ބުރަކަމަށްވާ ސަބަބުތައް އަދިވެސް ދެނެގަތުން މުހިއްމު ކަމުގައި ދެކެމެވެ. ކިޔަވައިދިނުމުގައި އިފެކްޓިވް ޕެޑަގޮޖީއަށް ޕްރެގްމެޓިކްވިސްނުމާއި، ކޮންސްޓަރްކްޓިވިޒަމްގެ ވިސްނުމާއި ނެޗުރަލިޒަމްގެ ވިސްނުންތައް އާދަވެ ކުރެވިގެންމެނުވީ މަންހަޖުގެ ބަރުކަން ލުއިކުރެވިގެން ނުދާނެއެވެ. ޝައުގުވެރިކަމާއި ފަންވަރާއި ހިތްވަރާއެކު މެނުވީ ކިޔަވައިދިނުމުގެ ބުރަމަސައްކަތުގެ ކަރުނައެއް ނުހިކޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *