އޯލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ ކާމިޔާބީވެސް އުސޫލާ އެއްގޮތަށް ފާހަގަކުރާނެ: އެޑިޔުކޭޝަން މިނިސްޓްރީ

އޯލެވެލް ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ ކާމިޔާބީވެސް އުސޫލާ އެއްގޮތަށް ފާހަގަކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ ބުނެފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ، އޯލެވެލް އިމްތިޙާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ ފަހާގަ ކުރުމާއި ގުޅޭގޮތުން ބައެއް ފަރާތަކުން ރަގަޅު ނޫން މަޢުލޫމާތު ފަތުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ، އޯލެވެލްއިން ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް " މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ހަފްލާގައި ދިން ނަމަވެސް، ޘާނަވީ ނިންމާ އިމްތިޙާންތަކުން އެންމެ ރަގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ފާހަގަކުރާނެ ކަމަށެވެ.

އޭލެވެލްއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރަން ބާއްވާ ހަފްލާ މި އަހަރު ބާއްވަނީ "މަތީ އަރުތަވެރިންގެ އިނާމް" ގެ ނަމުގައެވެ. އެ ހަފްލާގައި އޭލެވެލްއާއި އޯލެވެލްއިން ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް އިނާމް ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މަތީ އަރުތަވެރިންގެ އިނާމް ދިނުމުގެ ހަފްލާ ބާއްވަނީ އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައެވެ.

މަތީ ޘާނަވީގެ 10އެއްގައި 376 ދަރިވަރުން މި ފަހަރު ހިމެނެއެވެ. އެއްވަނައިގައި ހިމެނެނީ 17 ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *