ފުރަތަމަ ޓާމުގެ އިމްތިޙާން ސްކޫލުތަކުގައި ފަށައިފި

މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ފުރަތަމަ އިމްތިޙާން ސްކޫލުތަކުގައި މިއަދު ފަށައިފިއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން އިމްތިޙާނުތައް މިއަދުން ފެށިގެން މި މަހު 21 އާ ހަމައަށް ކިރިއަށްދާނެއެވެ. އިމްތިޙާނުތައް ކުރިއަށް ގެންދާނީ ގުރޭޑް 7ން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ. ފުރަތަމަ ޓާމުގެ މުއްދަތަކީ 26މެއިން ފެށިގެން 26 ސެޕްޓެމްބަރެވެ.

85 ދުވަހުގެ ކިޔެވުމަށްފަހު، ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނީ ސެޕްޓެމްބަރު 29ން އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހާ ހަމައަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

ދެވަނަ ޓާމުގެ ކިޔެވުން އޮކްޓޯބަރު 6ން މާރޗް 6އަށް ކުރިއަށް ދާނެއެވެ. ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 105 ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *