މާލެ ސަރަހައްދުގެ 12 މިސްކިތެއްގައި އިމާމުވެ މިއަދު ހުކުރު ކުރީ ޒުވާން ހަޠީބުން

މާލެ ސަރަހައްދުގެ 12 މިސްކިތެއްގައި އިމާމުވެ މިއަދު ހުކުރު ކުރީ ޒުވާން ހަޠީބުންނެވެ. މިއީ މިފަހަކަށް އައިސް ޒުވާން ހަޠީބުން އިމާމުވެ ހުކުރު ކުރި ދުވަހެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އެކަން ފާހަގަކުރެއްވިއެވެ.

ޒުވާން ހަތީބުން ހުކުރު ނަމާދުކުރި މިސްކިތްތައް:

މަސްޖިދު މުހައްމަދު- އިބްރާހީމް ޛާކިރު ޒަލީޤު

މަސްޖިދު އަމީލް ޖަލީލް- މުޙައްމަދު ޙަނޫނު ޙުސައިން

މަސްޖިދު އުސްމާން- ޙަނީދް ޙަނީފް

މަސްޖިދު ސަލާމް- ޔޫސުފު އަޙްމަދު މުނައްވަރު

މަސްޖިދު ހަސަން އާދަމް- އުވައިސް ބިން އިނާޒު

މަސްޖިދުލް އަޞްދީގާ- މުޙައްމަދު ޔަޝާއު މުސްތަފާ

މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން- އަޙްމަދު އަލްސަމް އަޔާޒު

މަސްޖިދު އިސްކަންދަރު- ޙަސަން މާދް ޢަލީ

މަސްޖިދު ޖަލާލުއްދީން- ފާހިދު އަބްދުލް މުހުސިން

މަސްޖިދު ފުރްގާން-  މުޙައްމަދު މިޝޢަލް އާޠިމް

މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ – މޫސާ މާއިސް މާޖިދު

މަސްޖިދުއް ނޫރު- އަބާން އިބްރާހިމް

ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ޒުވާން ހަޠީބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ. ދެ ފަހަރެއްގެ މަތިން 309 ޒުވާން ހަޠީބުން ވަނީ ތަމްރީނު ކޮށްފައެވެ. ޒުވާން ހަޠީބުން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އިމާމުވެ ހުކުރު ކުރަމުންނެވެ.

ހަޠީބު ޕްރޮގްރާމް ހިންގަނީ ގުރޭޑް 10ން މަތީގެ ދަރިވަރުންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *