ސާނަވީ ގަދަ ދިހައެއްގައި ހިމެނުނު ޣާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުންނަށް އުތީމު ކައުންސިލުން ޝަރަފުވެރި ކަމުގެ ފިލައެއް ހަދިޔާކޮށްފިއެވެ.
މި ފިލާ ހަދިޔާކޮށް ދެއްވީ ޤައުމީ ދުވަހާ ގުޅިގެން އެ ރަށުގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި ފިލާ ހަވާލުކޮށް ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގައި ހިމެނި ތިން ދަރިވަރަކަށް ފިލާ ލިބުނެވެ.
ގަދަ ދިހައެއްގައި ހިމެނި ހަނދާނީ ފިލާ ލިބުނު ދަރިވަރުން:
ޙައްވާ ރާނިޔާ، ބަގީޗާގެ ހއ. އުތީމު
ފާރިހާ އިސްމާއިލް، ތިލަފަޅު ހއ. އުތީމު
މުޙައްމަދު ވިއާމް، މީނާޒު ހއ. އުތީމު
ރޭ ހަނދާނީ ފިލާ ލިބުނު ޙައްވާ ރާނިޔާ، ޣާޒީ ބަންޑާރައިން ސްކޫލުން ތަޢުލީމް ޙާޞިލް ކުރަން ފެށީ 2008 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދިއެވެ. ފާރިހާ ކިޔަވަން ފެށީ 2013 ވަނަ އަހަރުއެވެ. 2022 ވަނަ އަހަރު ސާނަވީ ނިންމައި، ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. ވިއާމް ސާނަވި އިމްތިޙާނުގެ ގަދަ ދިހައެއްގެ ތިން ވަނަ ހޯދީ މި އަހަރު ބޭއްވީ ސަނަވީ އިމްތިހާނުންނެވެ.
advertisment
ހިޔާލު