ދިވެހި ޤައުމިއްޔަތުގެ ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖެކެވެ. މި ކޮލެޖް އިފްތިތާޙްކޮށް ދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ މަނިކުފާނު ވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖު އެކުލެވިގެންވާ 5 ދާއިރާ ވެސް މިއަދު އިފްތިތާޙު ކޮށްދެއްވާފައެވެ.
އިސްވަރު ކޮލެޖު އެކުލެވިގެންވާ 5 ދާއިރާއަކީ، ދިވެހިބަހާއި، ދިވެހި ތާރީޚާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. މި ދާއިރާތައް ހިމެނޭގޮތުން ކޮލެޖުގެ ކައުންސިލެއް އުފައްދާ ކޮންމެ ދާއިރާއަކަށް އިސްވާރެއް ރައީސުލްޖުމްހުރިއްޔާ ވަނީ އައްޔަން ކުރައްވާފައެވެ.
ޤައުމިއްޔަތު ކޮލެޖުގެ އިސްވާރުން
- ދިވެހިބަހުގެ އިސްވާރު – މަރްޔަމް ތައުފީޤާ
• ދިވެހި ތާރީޚުގެ އިސްވާރު – (ކަށިމާ) އަޙްމަދު ޝާކިރު
• ދިވެހި ތަރިކައިގެ އިސްވާރު – ޙަސަން ޒަރީރު
• ދިވެހި ސުމޭކުގެ އިސްވާރު – މުޙައްމަދު ޢަބްދުލްޤާދިރު
• ދިވެހި ފަންނުގެ އިސްވާރު – މަރްޔަމް ޢިޝާ ޢަޒީޒް
advertisment
ހިޔާލު