ހިރިޔާ ސްކޫލުގެ ބިޒްނަސް އެކްސްޕޯގައި ދަރިވަރުން ހިންގި ވިޔަފާރިތަކުން ލިބުނު ފައިދާ، ހިޔާގެ ދަރިވަރުންނަށް

ހިރިޔާ ސްކޫލުގެ ބިޒްނަސް އެކްސްޕޯގައި ދަރިވަރުން ހިންގި ވިޔަފާރިން ލިބުނު ފައިދާ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގާ "ހިޔާ"ގެ ދަރިވަރުންނަށް ހަދިޔާ ކޮށްފިއެވެ.

ހިރިޔާ ސްކޫލުގެ ފުރަތަމަ ބިޒްނަސް އެކްސްޕޯ ބޭއްވީ އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހުއެވެ.

ހިރިޔާ ސްކޫލުގެ ބިޒްނަސް އެކްސްޕޯ ކުރިއަށް ގެންދިޔައީ ދަރިވަރުން ކިޔަވަމުންދާ ފިލާވަޅުތަކާ ގުޅޭ ގޮތުން އަމަލީ ތަޖުރިބާ ހޯދައި ދެވޭ ގޮތަށް، އާ ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް ވިޔަފާރިއެއް ފަށައި އެއިން ނަފާ ނެރޭނެ ގޮތަށެވެ. މި އެކްސްޕޯގައި އެ ސްކޫލުގެ ގުރޭޑް 7ން މަތީގެ 14 ކުލާހެއްގެ ދަރިވަރުން ބައިވެރިވިއެވެ.

ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ނައީމާ ދަރިވަރު ނޫހަށް ވިދާޅުވީ، ބިޒްނަސް އެކްސްޕޯގައި ދަރިވަރުން ހިންގި ވިޔަފާރިތަކުން ލިބުނު ފައިދާ، އެކުދިން ބޭނުންވީ އިޖްތިމާއީ ކަމަކަށް ހޭދަކުރަން ކަމާއި، އެހެންވެ އެ ކުދިން ބޭނުންވީ ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާހިޔާގެ ދަށުން ހިންގާ ހިޔާ ގެ ދަރިވަރުންނަށް ހަދިޔާކުރެއްވީ ކަަމަށެވެ.

ނާއީމާ ވިދާޅުވީ، ފައިސާގެ ބަދަލުގައި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ހަވާލުކުރީ އެ ކުދިންނަށް މި ވަގުތަށް ބޭނުންވާނެ ތަކެއްޗެވެ.

" ކުދިންނަށް މި ވަގުތު ބޭނުންވާނެ ކަމަށް ވުޒާރާއިން ފާހަގަ ކުރި ތަކެތި ގަނެފައި ހަދިޔާގެ ގޮތުގައި އަޅުގަނޑުމެންގެ ދަރިވަރުން ދިނީ" ނައީމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ހިޠާނީ މޫސުމް އަންނާތީ އެތަން ޒީނަތްތެރި ކުރަން ބޭނުންވާ ސާމާނާއި " އެޑިޔުކޭޝަނަލް އޯއީސް" އާއި ކިޔާނެ ކުޑަކުދިންގެ ފޮތްތަކެވެ.

" ފައިސާގެ ބަދަލުގައި އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް ހޯދައިގެން އޭގެ މައްޗަށް ބިނާކޮށް ހަދިޔާ ތައްޔާރު ކުރީ" ނައީމާ ވިދާޅުވިއެވެ.

ހިރިޔާ ސްކޫލުން އަންނަނީ އިޖްތިމާއީ ގޮތުން މިފަދަ ހަރަކާތްތަކެއް ދަރިވަރުންގެ އުނގެނުމުގެ ތެރެއިން ދަސްކޮށް ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *