އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުން ހަތިމު ކުލާސް ނިންމި 22 ދަރިވަރުން ދަސްވެނިވެއްޖެ

މުޙައްމަދު ޛިހާން ޒުބައިރު

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުޢާނުގެ ދަސްވެނިވުމުގެ ރަސްމީޔާތެއް މިއަދު ބާއްވާއިފިއެވެ.

ދަސްވެނިވެފައި ވަނީ އެ އިންސްޓިޓިއުޓުގެ ހަތިމު ކުލާހުގެ ދަރިވަރުންނެވެ. އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި އެ އިންސްޓިޓިއުޓުން ހިންގާފައިވާ ދީނީ ސުވާލު މުބާރާތާއި، އަދި މަދަހަ މުބާރާތުން ވަނަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ހަނދާނި ފިލާ އަރުވަފައި ވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރ ޑރ. އަނާރާ ނަޢީމެވެ.

ހަތިމު ކުލާސް ނިންމައި ދަސްވެނިވެފައި ވަނީ 22 ދަރިވަރުންނެވެ. އަދި އެކި ވަނަތަކުން ހުރިހާ މުބާރާތްތަކުން 40 ދަރިވަރުން ވަނަތައް ހާސިލުކޮށްފައިވެއެވެ. މިހާރު ކިޔަވައިދޭތާ 12 އަހަރު ވެފައިވާއިރު، އެ އިންސްޓިޓިއުޓުން ކިޔަވައި ދެމުން އަންނަނީ އަމިއްލަ މުޤައްރަރަކަށެވެ. ގައުމީ މުބާރާތްތަކުން އަދި ސްކޫލު ތަކުން ވެސް އެ އިންސްޓިޓިއުޓުގައި ކިޔަވާ ދަރިވަރުން އަންނަނީ ވަނަތައް ހާސިލުކުރަމުންނެވެ.

ކިޔަވާ ދެއްވުމުގެ ކަންކަން އަބަދުވެސް އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާކަމަށް އިންސްޓިޓިއުޓުގެ ރެކްޓާރ އުސްތާޒު އަލީ ޒިޔާދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުޢާނުން އޮންލައިންކޮށް ކުޑަކުދިންނަށް ވެސް ކުލާސްތައް ހިންގައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *