ފާއިތުވި ދިރާސީ އަހަރު އަޙްމަދިއްޔާ އިންޓަރނޭޝާނަލް ސްކޫލުން އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އަޙްމަދު ރައްޔާން މުޙައްމަދު އަނީސްއާއި އައިޝަތު ހަމްޔާ އިސްމާއިލް ހޮވައިފިއެވެ.
ރައްޔާން އެއްވަނަ ހޯދީ ސާނަވީންނެވެ. ހަމްޔާ އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.
އެއްވަނައަށް އައި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވި މިނިސްޓަރ އޮފް ހެލްތް ޑރ. އަބްދުﷲ ޚަލީލެވެ.
ގަދަތިން ވަނައިގައި ހިމެނުނު ދަރިވަރުން:
ސާނަވީ:
1 ވަނަ: އަޙްމަދު ރައްޔާން މުޙައްމަދު އަނީސް
2 ވަނަ: ޝުއާއު އިސްމާޢީލް ޝާން
3 ވަނަ: މުޙައްމަދު ޖޫދު އަބްދުﷲ
މަތީ ސާނަވީ:
1 ވަނަ: އައިޝަތު ހަމްޔާ އިސްމާއިލް
2 ވަނަ: ލަޔާން މުޙައްމަދު ރަޝީދު
2 އާދަމް ނާއިޝް ނަސީމް
3 ވަނަ: ޔުމްނު ޔަމަން އަލީ
ރައްޔާން ވަނީ މިދިޔަ އަހަރު ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި ދިވެހިން މުޅިރާއްޖެއިން އެއްވަނަ ވެސް އޭނާ ހޯދިއެވެ. ހަމްޔާ ވަނީ ގައުމީ ގަދަ 10 ގެ 2 ވަނަ ހޯދާފައެވެ. އަދި ހައި އެޗީވާސް ސްކޮލަރޝިޕް ވެސް ހަމްޔާވަނީ ޙާޞިލް ކޮށްފައެވެ
އަޙްމަދިއްޔާއިން ބުނީ، ފާއިތުވި އަހަރު ، ސާނަވީ އިމްތިޙާނުގައި ބައިވެރިވި 90 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވި ކަމަށެވެ. ގަދަ ދިހައެއްގައި 61 ދަރިވަރުން ހިމެނުނުނެވެ. ރާއްޖޭގެ ސްކޫލަކުން ސާނަވީގައި މިދިޔަ އަހަރު އެންމެ ގިނަ ދަރިވަރުން ހިމެނުނީ ވެސް އެ ސްކޫލުންނެވެ. އަޙްމަދިއްޔާގެ ދެ ދަރިވަރުން ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނެވެ. އެއްވަނަ ލިބުނީ އަޙްމަދު ރައްޔާން އަޙްމަދު އަނީސްއާއި އަޝާ އަޙްމަދު ރިޒާ އަށެވެ.
އޭލެވެލްގައި 206 ދަރިވަރުން ބައިވެރިވެ ގަދަ ދިހައެއްގައި 46 ދަރިވަރުން ހިމެނިފައިވެއެވެ. ހަޔަރ އެޗީވާސް ސްކޮލަރޝިޕް 10 ދަރިވަރުންނަށް ލިބުނުއިރު، މަތީ ސާނަވިގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހަތަރު ދަރިވަރުން ހިމެނިފައިވެއެވެ.
.
ހިޔާލު