އިންޑިއަން އޯޝަން ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޝަން އެވޯޑް އެމްއެންޔޫއަށް ހޯދައިދޭން އެންމެން ވޯޓް ލަމާ

ވޯލްޑް ކަލިނަރީ އެވޯޑްސްގެ 'އިންޑިއަން އޯޝަން' ކެޓެގަރީއިން 'ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޝަން' އެވޯޑު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ހޯދައިދޭން އެންމެންގެ ވޯޓް ބޭނުންވެއެވެ. މިރޭ 00:00 އާ ހަމައަށް ވޯޓްލުމުގެ ވަގުތު ހަމަވާނެއެވެ. މި ފަހަރު މި އެވޯޑް ލިބިއްޖެ ނަމަ ތިން ވަނަ ފަހަރަށް އެ އެވޯޑް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ލިބޭނެއެވެ.

ވޯޓުލުމަށް ވެބްސައިޓަށް ވަނުމަށް ފަހު ވޯޓުގެ ކަންތައް ކުރިއަށް ގެންދެވޭނެއެވެ.

މި އެވޯޑަށް މިއަހަރު އެމްއެންޔޫގެ އިތުރުން ވިލާ ކޮލެޖް އަލަށް ވާދަކުރެއެވެ. ދެން ހިމެނެނީ ސީޝަލްގެ އޮލިވިއާ ކަލިނަރީ ސުކޫލާއި އެސްކޮފިއާ އިންސްޓިއުޓްގެ އިތުރުން ޕޮލިޓެކްނިކްސް މައުރިޓިއަސްއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *