އޯލެވެލްއާއި އޭލެވެލްގެ ފޭކް ސަނަދުތަކެއް، މައްސަލަ ފުލުހަށް

އޯލެވެލްއާއި އޭލެވެލްގެ ފޭކް ސަނަދުތަކެއް، ދައުރުވަމުން އަންނަކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޯލެވެލްއާއި އޭލެވެލްގެ ސައްޚަ ނޫން ސަނަދުތަކެއް ދައުރުވަމުން ދާތީ، މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމަންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯލެވެލް އަދި އޭލެވެލް ސަނަދު ތަކަކީ ވެސް ސައްޙަ ސަނަދުތަކެއްކަން ކަށަވަރު ކުރުމަށެވެ.

" މި ކަމާ ގުޅިގެން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި މިކަން އިތުރަށް ތަހުޤީޤު ކުރުމަށްޓަކައި ފުލުހަށް ހުށަހެއެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތަށްޓަކައި ދެންނެވިމެވެ.

އެމްކިޔުއޭ އިން ބުނީ، އެ އޮތޯރިޓީގެ ދެ ޚިދުމަތަކަށް އެދި ދެ ފަރާތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކާއެކު މަތީ ތަޢުލީމު ދޭ ދެ މަރުކަޒެއްގެ ފޭކް ސަނަދުތަކެއް ހުށައަޅާފައިވާ ކަން ފާހަގަކުރެވިގެން އެކަން ވެސް ބަލަމުން އަންނަ ކަަމަށެވެ. މި ކަމާ ގުޅޭ ގޮތުން އެ ފަރާތްތަކާއެކު މަޝްވަރާ ކުރުމުން އެ ފަރާތްތަކުން ވެސް އެ ދެ ސަނަދަނީ ފޭކް ސަނަދެއްކަން އެ އޮތޯރިޓީއަށް ކަށަވަރުކޮށްދީފައި ކަމަށެވެ. އޭގެ ތެރެއިން އެއް ސަނަދަކީ ޓީޗިންގ ދާއިރާއާ ގުޅުން ހުރި ސަނަދެއް ކަމަށް ވާތީ ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާ ދިނުމުގައި ސަމާލުކަން ދިނުމަށް އެމްކިޔުއޭއިން ވަނީ އެދިފައެވެ.

އެމްކިޔުއޭއިން މިއަދު ބުނީ މި މައްސަލަ ވެސް އިތުރަށް ތަހުޤީޤު ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ތަހުޤީޤު ކުރަން ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *