ރިސަރޗް ކުރުމަށާއި ފޮތް ލިޔަން 18 ފަރާތަކަށް ދެމިލިއަން ރުފިޔާގެ އެހީ އެމްއެންޔޫއިން ދީފި

މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ރިސަރޗް ކުރުމާއި ފޮތް ލިޔުމަށް ބާރު އެޅުމުގެ ގޮތުން 18 ފަރާތަކަށް ދެ މިލިއަން ރުފިޔާގެ މާލީ އެހީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދީފިއެވެ.

މި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ލިޔުން ހަވާލުކުރީ މިއަދު އެމްއެންޔޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ.

އެމްއެން ޔޫއިން ބުނީ، ރިސަރޗް ކުރުމަށް އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް ހުޅުވާލި ފުރުޞަތުގައި 17 ފަރާތަކުން ހުށައެޅި ކަމަށާއި އޭގެ ތެރެއިން 1.7 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދޭން ނިންމީ 13 ފަރާތަކަށެވެ. ފޮތް ލިޔަން ހުޅުވާލި ފުރުޞަތުގައި 12 ފަރާތަކުން އެދިފައިވި ނަމަވެސް  267،500 ރުފިޔާގެ އެހީތެރިކަން ދޭން ނިންމީ ފަސް ފަރާތަކަށެވެ.

އެމްއެންޔޫގެ ރިސާރޗް ގްރާންޓްއަކީ ޔުނިވަރސިޓީގައި ރިސާރޗް މާހައުލެއް ޤާއިމް ކުރުމަށާއި، އެކެޑެމިކް މުވައްޒަފުންނަކީ ރިސާރޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވަރސިޓީގެ ބަޖެޓްގައި ހިމަނައިގެން 2014 ވަނަ އަހަރުން ފެށިގެން އަންނަނީ މަލީ އެހިތެރިކަން ފޯރުކޮށްދެމުންނެވެ. މިހާރު ކޮންމެ އަހަރަކު ވެސް ފަސް މިިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ.

ރިސަރޗް ކުރަން އެހީ ދިން ފަރާތްތައް:

ޑރ. އާއިޝަތު ޝާއިރާ-

ހަމީޒާ އަފީފު

ޑރ. އައިޝަތު ނިޔާފު

މަރިޔަމް ނަޝާތު

އިބްރާހިމް ނަދީމް

ޒެބާ އަން ނަހެރެ

ޑރ. އަސްމާ އިބްރާހިމް ސުލައިމާން

ފާތިމަތު ޝިރާނީ

ޑރ. އާމިނަތު ވަޞީލާ

ޑރ. ޝަހުނީޒާ ނަޞީރު

އައިޝަތު މާޖިދާ ހަސަން

އުނައިޝާ ސައުދު

ފޮތް ލިޔަން އެހީ ދިން ފަރާތްތައް:

ޒެބާ އަން ނަހެރެ

ޑރ. އަލީ ފަވާޒް ޝަރީފު

ފާތިމަތު މީޝާ

އާޝިއާ ލީލާ އަޙްމަދު

އަޙްމަދު ފަރީޝް ޝާކިރު

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *