ޙާފިޒު ރައީފު ޤުރުއާން ހިތު ދަސްކުރީ، އާޔަތުގެ ނަމްބަރާއެކު، ކޮމިޓީއަށް ކިޔައިދިނީ 14 ދުވަހުގެ ތެރޭގައި އެންމެ ކުށެއް ނުޖެހި
ޤުރުއާން ހިތު ދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށް، އެ ޕްރޮގްރާމުގެ ދަށުން އުމުރާއަށް ފޮނުވާ ފުރަތަމަ ފަރާތަކީ އަލް ޙާފިޡް އަލީ ރައީފެވެ.
ރަޢީފަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ރައީފު، ޤުރުއާން ހިތުދަސްކުރީ 500 ހާފިޒުންގެ ޕްރޮގްރާމްގައި 2015 ބައިވެރިވެގެންނެވެ. ޤުރުއާން ހިތު ދަސްކުރީ، އާޔަތުގެ ނަމްބަރާ ވެސް އެކުގައެވެ. ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒް ކޮމިޓީއަށް އޭނާ ކިޔައިދިނީ 14 ދުވަހުގެ ތެރޭގައި އެންމެ ކުށެއް ނުޖެހިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އަލްޙާފިޡް އަލީ ރަޢީފުއަކީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ޙާފިޡް ކަމަށާއި އެ ކަމަށްޓަކައި ރަޢީފްއަށާއި ރަޢީފްގެ މައިންގަފައިންނަށް ތަޙުނިޔާއާއި މަރުޙަބާ ދަންނަވާކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށާއި މިކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ކުރައްވާކަމެއްކަމަށެވެ.
ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އިސްލާމީ މަރުކަޒުގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ޙާއްސަ ޕޭޖެއް ޤާއިމްކޮށް އެކަން އިފްތިތާޙްކޮށް ދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިގޮތުން މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ޞަދަޤާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ޞަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމަށާއި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިލައްވާ ކަމަށެވެ.
ހިޔާލު