ސްމާޓް ކުލާސްރޫމާއެކު 40 ކުލާސްރޫމް ހިމެނޭ މަޖީދިއްޔާގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގެ" ސައްތަވީ ބިނާ" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި މި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާޖީދިއްޔާ ސްކޫލުގެ އިމާރާތް ބާ ވެފައިވާ ކަމަށާއި އެ ސްކޫލާ ޖެހިގެން އޮތް، ކުރިން ދަރުމަވަންތައް ސްކޫލް ހުރި ބިމުގައި އާ އިމާރާތެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އެ މަސައްކަތް ކުރައްވާނީ ސްކޫލްތައް އެޅުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ކަމަށާއި މަޖީދިއްޔާގެ އާ އިމާރާތުގައި 40 ކުލާސްރޫމް ހިމެނެނޭނެއެވެ. އަދި އެކުލާސްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޤާއިމް ކުރާ ސްމާޓް ކުލާސްރޫމްތައް ހުންނާނެ ކަމަށެވެ.
މިރޭ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މަޖީދިއްޔާ ސްކޫލާއި ރާއްޖޭގެ ތައުލީމުގެ ތާރީޚް ދައްކުގައިވޭ މިއުޒިއަމަކަށް ދާރުލް އުލޫމް ބަދަލު ކުރައްވާނެ ކަމަށެވެ. އޭރުން އެތައް އަހަރު ތަކަކަށް ރައްކާތެރިކަމާއ ރީތިކަމާއެކު އާރޯކަމާއެކު އެ އިމާރާތް ދެމިހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަޖީދިއްޔާއަށް ސަތޭކަ އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން " ސައްތަ ބިނާ" އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. އަދި މަޖީދިއްޔާގެ ތާރީޚް ދައްކައިދޭ ފޮޓޯ މައުރަޒު ވެސް މި ރޭ ކުރިއަށް ގެންދިޔައެވެ. ރައީސް ޑރ. މުއިއްޒު މި ފޮޓޯ މައުރަޒު ބައްލަވައިލެއްވިއެވެ.
ހިޔާލު