އައިސީއީއެސްޓީއިން ހުށައެޅި 35 ކަރުދާސް އޭއައިޕީގައި ޕަބްލިޝް ކޮށްފި

އެމްއެންޔޫގެ އައިސީއީއެސްޓީން ކޮންފަރެންސަށް ހުށައެޅި 35 ކަރުދާހެއް އޭއައިޕީގައި ޕަބްލިޝް ކުރުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބުނެފިއެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިނޮވޭޝަންސް އިން އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ ފޯ ސަސްޓެއިނަބަލް ޑެވަލޮޕްމަންޓް (އައިސީއީއެސްޓީ) ބޭއްވީ އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކޮނޮލޮޖީންނެވެ. މި ކޮންފަރެންސް ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15އިން 17އަށެވެ.

މި ކޮންފަރެންސަށް 86 ހުށަހެޅުން 78 ކަރުދާސް މި ކޮންފަރެންސަށް ހުށައެޅިއެވެ. އަދި ހުށަހަޅާފައިވާ 38 ކަރުދާހުގެ ތެރެއިން 35 ކަރުދާހެއް އެމެރިކަން އިންސްޓިޓިއުޓް އޮފް ފިޒިކްސް ( އޭއައިޕީ ޕަބްލިޝިން ޕްލެޓްފޯމްގައި ) މިހާރު ވަނީ ޝައިއުކޮށްފައެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެއްޑް ޓެކޮނިލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. ޔޫސުފު ނިޒާމް ދަރިވަރު ނޫހަށް ވިދާޅުވީ، އައިސީއީއެސްޓީ ކޮންފަރެންސަށް ހުށައެޅި ކަރުދާސްތަކުގެ ތެރެއިން ޕަބްލިޝް ކުރެވޭ ފެންވަރު ހުރި ކަމަށް ކަނޑައެޅި 38 ކަރުދާހެއް އޭއައިޕީއަށް ހުށައެޅި ކަމަށާއި އޭގެ ތެރެއިން 35 ކަރުދާހެއް ޕަބްލިޝް ކުރަން ނިންމުމަކީ އެއީ އެ ޔުނިވަރސިޓީއަށާއި އެ ފެކަލްޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. ޕަބްލިޝް ނުކުރާ ތިން ކަރުދާހުގައި ވެސް މައިގަނޑު ގޮތެއްގައި ހުރީ ކުދިކުދި ކަންތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

" 38 ރިސަރޗް ކަރުދާސްގެ ތެރެއިން 35 ރިސަރޗް ކަރުދާސް ޕަބްލިޝް ވުމަކީ އެއީ ކުރިއެރުމެއް" ޑރ. ޔޫސުފު ނިޒާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕަބްލިޝް ކުރި 19 ރިސަރޗް ކަރުދާސް ހުށައެޅީ އެމްއެންޔޫއާއި އެ ފެކަލްޓީގެ ދަރިވަރުންނާއި ލެކްޗަރާއިން ކަމަށެވެ.

" އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނާއި ލެކްޗަރާއިންނަށް އިންޓަރނޭޝަނަލް ޖާނަލް ތަކުގައި ޕަބްލިސްކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި އެކަމަށް ޝައުޤު އުފެއްދުން" ޑރ ޔޫސުފު ނިޒާމް ވިދާޅުވިއެވެ.

އައިސީއީއެސްޓީގައި ހުށައެޅި 60 ޕްރެޒެންޓޭޝަންގެ ތެރެއިން 34 ޕްރެޒެންޓޭޝަން ހުށަހަޅާފައި ވަނީ ވެސް އެމްއެންޔޫގެ ސްޓާފުންނާއި ދަރިވަރުންނެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސް އަންނަ އަހަރު ބޭއްވުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *