ވީއައިއެޗްއެސްއިން އެއްވަނަ ޒާޙް އަށް، ދެވަނަ ޖަނާން އަށް ތިންވަނަ މައިހާ އަށް

ފާއިތުވި ދިރާސީ އަހަރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަޙްމަދު ޒާޙް ވަދީފު ހޯދައިފިއެވެ. ދެވަނަ ހޯދީ އައިޝަތު ޖަނާން އަޙްމަދެވެ. ތިންވަނަ ހޯދީ މައިހާ ހަސަން މުހައްމަދެވެ.

ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރެވެ.

އެއްވަނައަށް ދިޔަ ޒާޙް ވަނީ، ބައޮލޮޖީން ދުނިޔެއިން އަށްވަނަ އަދި ފިޒިކްސްއިން ދުނިޔެއިން ހަތަރުވަނަ ހޯދާފައެވެ. ދެވަނައަށް ދިޔަ އައިޝަތު ޖަނާން އަޙްމަދު ވަނީ  ބިޒްނަސްއިން ދުނިޔެއިން ހަތަރުވަނަ ހޯދާފައެވެ. ތިން ވަނަ އަށް ދިޔަ މައިހާ ހަސަން މުޙައްމަދު ވަނީ ބިޒްނަސްއާއި އިކޮނޮމިކްސްއިން މުޅި ދުނިޔެއިން އެއްވަނަ އަދި ބިޒްނަސްއާއި އިކޮނޮމިކްސްއިން ރާއްޖެއިން އެއްވަނަ ހޯދާފައެވެ.
ތައުލީމީ ގޮތުން އެންމެ މަތީ ސްކޯއެއް ހޯދީ ރަޔާން އަޙްމަދު އަލީއެވެ. އޭނާ ވަނީ ބައޮލޮޖީން ދުނިޔެއިން ހަތްވަނަ އާއި ކެމިސްޓްރީން ދުނިޔެއިން ނުވަވަނަ އާއި ހިސާބުން ދުނިޔެއިން ހަތަރުވަނަ ހޯދާފައެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ 88 ދަރިވަރުން މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެގައި ހިމެނުނެވެ. އަށް މާއްދާއިން އޭ އަށްވުރެ މަތިން ހޯދައިގެން ހައި އެޗީޗާސް އެވޯޑް އެ ސްކޫލުގެ 30 ދަރިވަރަކު ހޯދިއެވެ. އަދި ހަ ދަރިވަރަކު އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ. އަދި 14 ދަރިވަރަކު 27 ބްރިލިއަންސް އެވޯޑް ހޯދިއެވެ.

ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި، ހައިއެޗީވާސް ސްކޮލަރޝިޕް ހޯދި 30 ދަރިވަރުންނާއި ރައީސުލްޖުމްހޫރިޔާގެ ސްކޮލަރޝިޕް ހޯދި އެ ސްކޫލުގެ 36 ދަރިވަރުންނަށް ވިލާ ގުރޫޕްގެ ޗެއަރމަން ޤާސިމް އިބްރާޙިމް ފައިސާގެ އިނާމެއް ދެއްވިއެވެ. އެ ސްކޫލުން އެއްވަނަ ހޯދާ ދަރިވަރަށް ފައިސާގެ އިނާމެއް ޗެއެއަރމަން އަންނަނީ ދެއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *