ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގުރޭޑް 12ގައި ކިޔަވާ ދަރިވަރުންނަށް ބާއްވާ ސްޓަޑީ ކޭމްޕް ފަށައިފިއެވެ.
އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ސައިންސްގެ މާއްދާތައް ކިޔަވައި ދިނުމަށް ލަންކާގެ ޓީޗަރުން މަސައްކަތް ކުރައްވާއިރު، ޔޫއޭއީގައި މަސައްކަތް ކުރައްވާ ދިވެހި ބައިލޮޖީ ޓީޗަރަކު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިލާ ހައި ސްކޫލުން ބުނެއެވެ.
މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ގުރޭޑް 12ގެ ދަރިވަރުންނަށް ބާއްވާ މި ކޭޕްމްގައި މި އަހަރު، އޭލެވެލްއިން ބްރިލިއަންސް އެވޯޑް ހޯދި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވެ ބައެއް ސެޝަންތައް ދަނީ ނަގައިދެމުންނެވެ.
" ބްރިލިއަންސް އެވޯޑް ހޯދި ކުދިން އެ ކުދިންގެ އެކްސްޕީރިއަންސްއާއި އެކުދިންގެ އެކްސްޕީރިއަންސް ދަރިވަރުންނާ ހިއްސާ ކުރާނެ. އެއީ މިހާރު އޭލެވެލް އިމްތިޙާނަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ" ވިލާ ހައި ސްކޫލުން ބުންޏެވެ.
ވިލާ ހައި ސްކޫލުގެ 88 ދަރިވަރަކު އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނެވެ. އަދި 14 ދަރިވަރަކު 27 ބްރިލިއަންސް އެވޯޑް ހޯދިއެވެ.
ހިޔާލު