ހިލޭ އޮންލައިން ޑިގްރީ ކޯސް ހިންގާ ކަމަށް ބުނެ އެމްއެންޔޫގެ ނަމުގައި ސްކޭމެއް

ހިލޭ އޮންލައިން ޑިގްރީ ކޯސް ހިންގާ ކަމަށް ބުނެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަމުގައި ސްކޭމެއް ހިންގަމުން އެބަދެއެވެ. އިންސްޓަގްރާމުގައި ވެސް މިފަދަ ޕޯސްޓްތަކެއް ދަނީ ފަތުރަމުންނެވެ.

އެމްއެންޔޫއިން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.

ސްކޭމްގެ ގޮތުގައި ދައުރު ކުރަމުންދާ ޕޯސްޓްގައި ބުނެފައިވާ ގޮތުން، އޮންލައިންކޮށް ފްރީ ޑިގްރީ ކޯސްތައް ހިންގަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށާއި 35 އަހަރާއި 45 އަހަރުގެ މީހުންގެ އިތުރުން 55 އަހަރުން މީހުންނަށެވެ. އެ ޕޯސްޓްގައި ބުނެފައިވާ ގޮތުން ކޯސްތައް ފަށަނީ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުއެވެ.

އެންއެންޔޫއިން ބުނީ އޮންލައިން ކޯސްތަކެއް ހިންގާކަމަށް ބުނެ ފަތުރަނީ ސްކޭމެއް ކަމަށާއި އެ ސްކޭމުގައި އެއްވެސް ފަރާތަކުން ނުޖެހުމަށެވެ. ކޯސްތަކަށް އެޕްލައިކުރުމަށާއި ކޯސްތަކާ ބެހޭ މައުލޫމާތު އެ ޔުނިވަރސިޓީގެ ވެބްސައިޓް https://courses.mnu.edu.mv މެދުވެރިކޮށް ހޯދަން އެ ޔުނިވަރސިޓީން ވަނީ އެދިފައެވެ.

އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީން އޮންލައިން ކޮށް ޑިގްރީ އެއްވެސް ޕްރޮގްރާމެއް ކުރިއަށް ނުގެންދާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *