ރެހެންދި ސްކޫލުގެ ހިއުމަންރައިޓްސް ކުލަބުގެ އިސްނެގުމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ހިއުމަން ރައިޓްސް ކުލަބުން އިސްނަގައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ. ލިޑިން ޓީޗަރު އަދި ހިއުމަން ރައިޓްސް ކުލަބުގެ އިންޗާޖް ފާތިމަތިމަތު ނާޝިދާ  ވިދާޅުވީ، ހިއުމަން ރައިޓްސް ކުލަބުން ކޮންމެ އަހަރަކުވެސް މުޖްތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ ކަމަށާއި ލޭ ހަދިޔާ ކުރަން ނިންމީ ތެލަސީމިއާ ކުދިންނަށް އެހީވާން މިދިޔަ އަހަރު ބޭއްވި ހަރަކާތުގެ ތެރެއިން ލިބުނު މައުލޫމާތު ތަކަށް ބަލައިގެންނެވެ.

" މިދިޔަ އަހަރު ހިންގި ތެލަސީމިއާގެ ކުދިންނަށް އެހީވާން ހިންގި ހަރަކާތުގެ ތެރެއިން މި އަހަރު ހިންގާނެ އެއް ހަރަކާތެއްގެ ގޮތުގައި ލޭ ހަދިޔާ ކުރުން ހިމެނީ. އެއީ ލޭ ލިބުމުގެ ދަތިކަން އިންތިހާއަށް އޮތް ކަން ނެޝަނަލް ބުލަޑް ބޭންކުން ފާހަގަ ކުރުމާ ވެސް އެކު" ނާޝިދާ ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ އެއްބާރުލުމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފެށުމުގެ ކުރިން އެ ކުލަބުގެ ދަރިވަރުން ވަނީ ހޭލުންތެރި ކަމުގެ ހަރަކާތްތަކެއް އެ ސްކޫލްގެ ތެރޭގައި ހިންގާފައެވެ. ޕޯސްޓަރު ފަދަ ތަކެތި ބޭނުން ކޮށްގެން ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަމަށާއި އެކަމުގެ ފައިދާތައް ކިޔާދީފައެވެ.

" ކުދިންނާއި  ސްޓާފުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ލޭ ހަދިޔާ ކުރުމުގެ މައުލޫމާތު ދީފައި، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލީ" ނާޝިދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލޭ ހަދިޔާ ކުރަން 28 ފަރާތަކުން ރަޖިސްޓްރީ ކުރި ކަމަށާއި ތަފާތު ސަބަބުތަކާ ހުރެ ލޭ ނަގަން ހަމަޖެއްސި ދުވަހު ލޭ  ދެވުނީ ހަ މީހުންނަށެވެ.

ނާޝިދާ ވިދާޅުވީ، ހިއުމަން ރައިޓްސް ކުލަބުގެ އިސްނެގުމުގެ މަތިން ވަރަށް އަވަހަށް އިތުރު ހަރަކާތެއް ބާއްވަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *