އޯ ލެވެލްއާއި އޭލެވެލް ނިންމި ދަރިވަރުންނަށް ވިލާ ކޮލެޖުން "ކެމްޕަސް ކުއެސްޓް" ނަމުގައި ފެއަރއެއް

ގެ ނަމުގައި މި އަހަރު އޯ ލެވެލެ ނިމުނު ދަރިވަރުންނާއި، އޭލެވެލް ނިމިފައި ތިބި ދަރިވަރުނަށް ޚާއްސަކޮށްގެން ފެއަރއެއް ބާއްވަން ނިންމައިފިއެވެ. މި ފެއަރ އޮންނާނީ އަންނަ އާދީއްތަ ދުވަހު ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކެމްޕަހުގައި މެންދުރު 2.00 އިން ހަވީރު 6.00 އަށެވެ.

"ކެމްޕަސް ކުއެސްޓް" ފެއާ ފަރުމާކޮށްފައި ވަނީ އެކި އެކި ޑިސިޕްލިންތަކުން އިންޓަރެކްޓިވް އަދި އިމަރސިވް  ޢިލްމީ ޙަރަކާތްތަކާއިއެކު ފެއަރއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢަމަލީގޮތުން ބައިވެރިވެރިވެވޭނެ ގޮތަށެވެ. މީގެ ސަބަބުން ފެއަރގެ ބައިވެރިންނަށް އާ ހުނަރެއް ދަސްވުމުގެ ފުރުސަތާއި  ވިލާ ކޮލެޖުގެ ތަޢުލީމީވެށި ބިނާ ކުރެވިފައިވާ ގޮތް ތަޖުރިބާ ކުރުމުގެ ފަރުސަތު ލިބިގެން ދާނެއެވެ.

މި ފެއަރގައި ހިމެނިފައިވާ ހަރަކަތްތަކަކީ:

ބިޒް ޕިޗް: މީހުން ޝައުގުވެރިވާ ފަދަ ގޮތަކަށް ވިޔަފާރީގެ ދާއިރާއިން އާ ޚިޔާލުތައް ހުށަހަޅަން ދަސްކޮށްދިނުން.

ސްޕޭސް ޑިޒައިން: އިންޓީރިއަރ އަރކިޓެކްޗަރގެ އަސާސްތައް ބޭނުންކޮށް ތަނެއް ޑިޒައިން ކުރާނެ ގޮތް

އާޓް އަލައިވް: ކްރިއޭޓިވް އާރޓްސްގެ ދާއިރާއާއި ގުޅޭ އެކިއެކި ފަންނުވެރި ޑިޒައިންތައް ތައްޔާރުކުރުމުގެ ފުރުސަތު

ބިލްޑް އިޓް، ބްރޭކް އިޓް : މިއީ އިންޖިނއަރިންގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގޭ ޙަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން މި ދާއިރާއިން އަމިއްލަ އަށް އެއްޗެއް އުފެއްދުން ތަޖުރިބާ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

މައިންޑް މިސްޓަރީސް: ތިބާގެ ހަރަކާތްތަކާއި ނިންމުންތައް ބިނާވާ ނަފްސާނީ ބާރުތައް އަންގައިދީ އެކަމުގެ މަޢުލޫމާތުތައް އުނގަންނައިދޭ ސެޝަނެއް

ލޯ އިން އެކްޝަން: ވިލާ ކޮލެޖުގެ މޫޓް ކޯޓެއްގައި ހިންގާ ޝަރީޢަތެއް. މި ހަރަކާތުގައި ފެއަރ ޒިޔާރަތް ކުރާ ބޭފުޅުން ބައިވެރިވާނީ ޤާނޫނީ ވަކީލުންގެ ހައިސިއްޔަތުންނާއި  އަދި ދަޢުވާ ލިބޭ ފަރާތްތަކުގެ ޙައިސިއްޔަތުންނެވެ

ނާރސިންގ އެސެންޝިއަލްސް: ނާރސިންގެ ދާއިރާގައި ހިމެނޭ ކުދި ކުދި އަސާސީ މަސައްކަތްތައް އަމިއްލައަށް ކޮށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު.

ވީއާރު އެކްސްޕީރިއަންސް: ޒަމާނީ ވާޗުއަލް ރިއަލިޓީ ގެ ޒަރީއާއިން ހިންގޭ ސެޝަންއެއް.

ކައުންސެލިންގ ސައިކޮތެރަޕީ: ވިލާ ކޮލެޖު ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ކްލިނިކް ކަމަށްވާ "ވީކެއަރ" ގެ ފަރާތުން ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގ ދިނުން

ކެރިއަރ ގައިޑެންސް : ތިމާ އާއި އެންމެ ގުޅޭ އެންމެ ކުރިއަށް ދެވޭނޭ ދާއިރާއެއް ދެނެގަންނާނެ ގޮތާއި ތައުލީމީ މުސްތަގުބަލަށް ވިސްނާ ފަރާތްތަކަށް މަތީ ތަޢުލީމު ޚިޔާރުކުރުމުގައި ވިސްނުން ގެންގުޅެންވީ ގޮތާއި ބެހޭގޮތުން އިރުޝާދު ދިނުން.

މި ހަރަކާތުގައި ހަރަކާތްތަކުގައި ތަފާތު އައު ތަޖުރިބާތަކާއެކު އީޖާދީ ވަގުތުކޮޅެއް ދަކޮށްލުމުގެ ފުރުސަތު ތިޔަ އެންމެ ބޭފުޅުންނަށް ވިލާ ކޮލެޖުން ދައުވަތު އަރުވަމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *