ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވިއްސާރައާ ގުޅިގެން އޮފީސްތަކާއި ސްކޫލްތައް މާދަމާ ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ލުޔެއްގެ ދެއްވުމުގެ ގޮތުން މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ހއ. ފެންބޮޑުވި ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށުގެ ސްކޫލްތަކުގައި ކިޔެވުން މެދުކަނޑާލިއެވެ. ކިޔެވުން މެދުކަނޑާލި ސްކޫލްތަކުގެ ތެރޭގައި ހދ. ހަނިމާދޫ ސްކޫލާއި ހއ. ކެލާގައި ހުންނަ ޝެއިޚް އިބްރާޙިމް ސްކޫލް ހިމެނެއެވެ.
ހަނިމާދޫ ސްކޫލުން ބުނީ، އިންޓަވަލަށްފަހު ކިޔެވުން މިއަދު މެދުކަނޑާލީ ފެންބޮޑުވުމުގެ ސަބަބުން ކިޔެވުން ކުރިއަށް ނުގެންދެވޭނެތީ، އެޑިޔުކޭޝަން މިނިސްޓްރީން ދިން އިރުޝާދުގެ މަތިން ކަމަށެވެ.
އިތުރުތަފްސީލް އަންނަނީ….


advertisment
ހިޔާލު