އޭލެވެލްގެ ބްރިލިއަންސް އެވޯޑް ސީއެޗްއެސްއީގެ 19 ދރިވަރުންނަށް

އެ ސްކޫލުގެ ބަނީން ވަނީ، ބައޮލޮޖީއާއި ކެމިސްޓްރީން ދުނިޔެއިން އެއްވަނަ، ހިސާބުން ދުނިޔެއިން ހަތަރުވަނަ، ފިޒިކްސްއިން ދުނިޔެއިން ހަވަނަ އަދި އިސްލާމާއި ބައޮލޮޖީއާއި ކެމިސްޓްރީން ރާއްޖެއިން އެއްވަނަ ހޯދާފައި

މިދިޔަ އަހަރު ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުން ބްރިލިއަންސް އެވޯޑް ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ 19 ދރިވަރުން ހޯދައިފިއެވެ.

އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ސީއެޗްއެެސްއީގެ 120 ދަރިވަރުން ހިމެނުނުއިރު އެއްވަނައިގައި ހަ ދަރިވަރުން ހިމެނުނެވެ.

އޭލެވެލްގައި އެ ސްކޫލުގެ އެންމެ މަތީ ނަތީޖާ މިދިޔަ އަހަރު ހޯދީ، ހަސަން ބަނީން ސަރޫރެވެ. އޭނާ ވަނީ ބައޮލޮޖީއާއި ކެމިސްޓްރީން ދުނިޔެއިން އެއްވަނަ، ހިސާބުން ދުނިޔެއިން ހަތަރުވަނަ، ފިޒިކްސްއިން ދުނިޔެއިން ހަވަނަ އަދި އިސްލާމާއި ބައޮލޮޖީއާއި ކެމިސްޓްރީން ރާއްޖެއިން އެއްވަނަ ހޯދާފައެވެ. ސީއެޗްއެެސްއީން ބުނީ، އިސްލާމާއި ދިވެހިން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދީ އެ ސްކޫލުގެ ދަރިވަރުން ކަމަށެވެ.

ބްރިލިއަންސް އެވޯޑް ހޯދި ދަރިވަރުން:

ޔޫސުފު ޒަކުވާން އަޙްމަދު- އެކައުންޓިންގ ދުނިޔެއިން އަށްވަނަ

މުޙައްމަދު މޫނިޝް ހަމީދު- އެކައުންޓިންގ ދުނިޔެއިން ދިހަ ވަނަ

ހަސަން ބަނީން ސަރޫފު- ބައޮލޮޖީއާއި ކެމިސްޓްރީން ދުނިޔެއިން އެއްވަނަ، ހިސާބުން ދުނިޔެއިން ހަތަރުވަނަ، ފިޒިކްސްއިން ދުނިޔެއިން ހަވަނަ އަދި އިސްލާމާއި ބައޮލޮޖީއާއި ކެމިސްޓްރީން ރާއްޖެއިން އެއްވަނަ

މުޙައްމަދު ރާކިން މޫސާ- ބައޮލޮޖީން ދުނިޔެއިން ތިންވަނަ

މުޙައްމަދު ޝާމިޚް ޝަފީޤު- ބައޮލޮޖީއާއި ކެމިސްޓްރީން ދުނިޔެއިން އެއްވަނަ. ފިޒިކްސްއިން ދުނިޔެއިން ދެވަނަ. ކެމިސްޓްރީން ރާއްޖެއިން އެއްވަނަ

އައިޝަތު އެލީޝާ- ބައޮލޮޖީން ދުނިޔެއިން ފަސްވަނަ

މުޙައްމަދު އަބާން- ކެމިސްޓްރީން ދުނިޔެއިން އެއްވަނަ. ބައޮލޮޖީން ދުނިޔެއިން އަށްވަނަ. ފިޒިކްސްއިން ދުނިޔެއިން ނުވަނަ. ކެމިސްޓްރީން ރާއްޖެއިން އެއްވަނަ

އަލީ ސައުދާން ޝާހީން- ކެމިސްޓްރީއާއި ފިޒިކްސްއިން ދުނިޔެއިން އެއްވަނަ. ކެމިސްޓްރީއާއި ފިޒިކްސްއިން ރާއްޖެއިން އެއްވަނަ

މުޙައްމަދު ރާއިޝާން އިބްރާހިމް- ކެމިސްޓްރީން ދުނިޔެއިން ހަތްވަނަ

މުޙައްމަދު ލޫޠު އިބްރާހިމް ޒިޔާއު- ހިސްޓްރީން ރާއްޖެއާއި ދުނިޔެއިން އެއްވަނަ. ހިސާބުން ދުނިޔެއިން ހަތްވަނަ

މުޙައްމަދު މާހިލް ވަހީދު- އިކޮނޮމިކްސް ދުނިޔެއިން ހަތްވަނަ

ލަމްޔާ ޒާދީ- އިކޮނޮމިކްސް ދުނިޔެއިން ދިހަވަނަ

އަބާން އަދުނާން- ހިސާބުން ދުނިޔެއިން ތިންވަނަ

މުޙައްމަދު ރާސިލް އަލީ- ހިސާބުން ދުނިޔެއިން ތިންވަނަ

އަޙްމަދު ޔަޒާން ޝަރީފު- ހިސާބުން ދުނިޔެއިން ތިންވަނަ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *