ރޮބޮޓިކްސްއަށް ދަރިވަރުން އަހުލުވެރި ކުރުވަން ވޯކްޝޮޕެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ( އެމްއެންޔޫ) އިން ބާއްވަން ނިންމައިފިއެވެ.
"އިންޓްރޮޑަކްޝަން ޓު ރޮބޮޓިކްސް"ގެ ނަމުގައި މި ވޯކްޝޮޕް ކުރިއަށް ގެންދަނީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ.

މި ވޯކްޝޮޕަކީ ގުރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެއް ދުވަހުގެ މުއްދަތަށް ބާއްވާ ވޯކްޝޮޕެކެވެ.

ސޯސަންގޭގާއި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ މަޤްޞަދަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރޮބޮޓު އުފެއްދުމާއި ފަރުމާކުރުމުގެ އިތުރުން ރޮބޮޓު ހިންގުމާއި ގުޅޭގޮތުން ކިޔަވާކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވުމެވެ. ރޮބޮޓިކްސްގެ އަސާސީ މަޢުލުމާތާއި، މައިކްރޯ ކޮންޓްރޯލަރއާއި މައިކްރޯ ޕްރޮސެސަރ، ރޮބޮޓިކް އަލްގޮރިތަމްސް އެން ޔޫސް އޮފް އެންބެޑެޑް ސިސްޓަމްސް، ސެންސާރސް ފަދަ ރޮބޮޓިކްސްއާއި ގުޅުން ހުރި އެތަށް މަޢުލޫމާތުތައް މި ވޯކްޝޮޕްގައި ހިއްސާކުރާނެއެވެ.
advertisment
ހިޔާލު