ގުރޭޑް 10 ނިންމާ، ސާނަވީ އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ދިވެއްސާއި އިސްލާމް މާއްދާގެ ނަތީޖާ ސްކޫލްތަކަށް ދޫކުރީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ކޭމްބްރިޖް އޯލެވެލްގެ ނަތީޖާ ދޫކުރީ 10 ޖެހިއިރުއެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވެފައިވެއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެއެވެ.
މި އަހަރު 256 ސެންޓަރެއްގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ހަދާފައިވެއެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވާއިރު، މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވީ 6،698 ދަރިވަރުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 803 ދަރިވަރުންގެ އިތުރުވުމެކެވެ. އެސްއެސްސީ އިމްތިހާނުގައި 1026 ދަރުވަރިވަރުން މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު އިތުރެވެ. މި އަހަރު 7133 ދަރިވަރުން އެ އިމްތިޙާން ހެދިއިރު މިދިޔަ އަހަރު އެ އިމްތިޙާން ހެދީ 6107 ދަރިވަރުންނެވެ.
advertisment
ހިޔާލު