އޭލެވެލްގެ ބްރިލިއަންސް އެވޯޑް އަޙްމަދިއްޔާގެ ނުވަ ދަރިވަރުންނަށް

އެ ސްކޫލުގެ ލަޔާނާ ވަނީ، އެކައުންޓިންގ ބިޒްނަސްއިން ދުނިޔެ އާއި ރާއްޖެއިން އެއްވަނަ، އަދި އިކޮނޮމިކްސްއިން ދުނިޔެއިން ދެވަނަ، އިސްލާމުން ރާއްޖެއިން އެއްވަނަ ހޯދާފައި

މިދިޔަ އަހަރު ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި އަޙްމަދިއްޔާ ސްކޫލުގެ ނުވަ ދަރިވަރުން ބްރިލިއަންސް އެވޯޑް ހޯދައިފިއެވެ.

އެ ސްކޫލުގެ ލަޔާން މުޙައްމަދު ރަޝީދު، އެކައުންޓިންގ ބިޒްނަސްއިން ދުނިޔެ އާއި ރާއްޖެއިން އެއްވަނަ، އަދި އިކޮނޮމިކްސްއިން ދުނިޔެއިން ދެވަނަ، އިސްލާމުން ރާއްޖެއިން އެއްވަނަ ހޯދިއެވެ. އަދި އަބުދުއްﷲ ފިރުޒާން އަޚްމަދު، އެކައުންޓިން އިން ދުނިޔެއިން ހަތަރުވަނަ، އިކޮނޮމިކްސްއިން ދުނިޔެއިން ދެވަނަ، ބިޒްނަސްއިން ދުނިޔެއިން ނުވަވަނަ ހޯދިއެވެ.

ބްރިލިއަންސް އެވޯޑް ހޯދި ދަރިވަރުން:

  • ލަޔާން މުޙައްމަދު ރަޝީދު- އެކައުންޓިންއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ. ބިޒްނަސްއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ. އިކޮނޮމިކްސްއިން ދުނިޔެއިން ދެވަނަ. އިސްލާމުން ރާއްޖެއިން އެއްވަނަ.
  • އަބްދުﷲ ފިރުޒާން އަޙްމަދު- އެކައުންޓިންގ ދުނިޔެއިން ހަތަރުވަނަ. އިކޮނޮމިކްސްއިން ދުނިޔެއިން ދެވަނަ. ބިޒްނަސްއިން ދުނިޔެއިން ނުވަވަނަ.
  • އާދަމް ނާއިޝް ނަސީމް- އެކައުންޓިން އިން ދުނިޔެއިން ދެވަނަ.
  • ރަޒާން އިބްރާހިމް ރަޝީދު– އެކައުންޓިންގ ދުނިޔެއިން ތިންވަނަ
  • ޔުމްނު ޔަމާން އަލީ- ބިޒްނަސްއިން ދުނިޔެއިން ފަސްވަނަ. އިކޮނޮމިކްސްއިން ހަތަރުވަނަ.
  • އައިޝަތު ހަމްޔާ އިސްމާއިލް- ބިޒްނަސްއިން ދުނިޔެއިން ފަސްވަނަ
  • ތަރިންދު ޖިމްހަނާ ބަންދަރަ ވައްނި އައްޗިލަގެ- ބައޮލޮޖީން ދުނިޔެއިން އަށްވަނަ
  • އައިޝަތު މަލްހާ ޒުހާން- ބިޒްނަސްއިން ދުނިޔެއިން އަށްވަނަ
  • އާމިނަތު އައިފާ– މެތްމެޓިކްސްއިން ދުނިޔެއިން ނުވަވަނަ

އަޙްމަދިއްޔާގެ ދިހަ ދަރިވަރުން ހައި އެޗީވަރސް ސްކޮލަޝިޕް ލިބުނުއިރު، އެ ސްކޫލުގެ ހަތަރު ދަރިވަރަކު އޭލެލެވެލްއިން އެއްވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހޯދިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *