އެ ސްކޫލުގެ ތީބާ، ކެމިސްޓްރީއާއި މެތްސްއިން ދުނިޔެއިން އެއްވަނަ އަދި ފިޒިކްސްއިން ތިންވަނަ ހޯދި
މައިހާ ވަނީ، ބިޒްނަސްއާއި އިކޮނޮމިކްސްއިން ދުނިޔެއިން އެއްވަނަ ހޯދާފައި
މިދިޔަ އަހަރު ބޭއްވި އެޑެކްސެލް އޭލެވެލްއިން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ 14 ދަރިވަރުން ބްރިލިއަންސް އެވޯޑް ހޯދައިފިއެވެ. އެ ސްކޫލުން ވަނީ އޭލެވެލްއިން ބްރިލިއަންސް އެވޯޑް ލިބުނު ދަރިވަރުންގެ ނަންތައް ހާމަކޮށްފައެވެ. އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ވެސް ވިލާ ހައި ސްކޫލުގެ ހަ ދަރިވަރުން ހިމެނިފައިވެއެވެ.
ބްރިލިއަންސް އެވޯޑް ލިބުނު ދަރިވަރުންގެ ތެރޭގައި ހަތަރު މާއްދާއަކުން ދުނިޔެއިން އެއްވަނަ އަދި އެއް މާއްދާއަކުން ދުނިޔެއިން ތިން ވަނަ ހޯދި ދެ ދަރިވަރުން ހިމެނެއެވެ. ވިލާ ހައި ސްކޫލުގެ ތީބާ އަލީ ޝަފީޢު ވަނީ ކެމިސްޓްރީއާއި ހިސާބުން މުޅިދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ ހޯދާފައެވެ. އަދި އޭނާ ވަނީ ފިޒިކްސްއިން ދުނިޔެއިން ތިންވަނައާއި އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ ހޯދާފައެވެ.
މައިހާ ހަސަން މުހައްމަދު ވަނީ، ބިޒްނަސްއާއި އިކޮނޮމިކްސްއިން މުޅި ދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ ހޯދާފައެވެ. މި ދެ ދަރިވަރުންނަކީ ވެސް އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބު ދެ ދަރިވަރުންނެވެ.


advertisment
ހިޔާލު