ޓްރެފިކް މޮނިޓަރުން ތަމްރީނު ކުރުން: 100 ޕްރޮގްރާމުން 3300 ޓްރެފިކް މޮނީޓަރުން

"ރައްކާ" ކެމްޕެއިންގެ ދަށުން، 3300 ދަރިވަރުން ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ތަމްރީނު ކޮށްފައިވާ ކަމަށް ފުލުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލު ދަރިވަރުން ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް 100 ޕްރޮގްރާމް ކާމިޔާބު ކަމާއެކު ހިންގާފައިވެއެވެ. މި ޕްރޮގްރާމް ފެށީ 2014 ވަނަ އަހަރުއެވެ. އެންމެ ފަހުން މި ޕްރޮގްރާމް ނިންމީ ފުވައްލުލައް ސިޓީންނެވެ. 100 ވަނަ ޕްރޮގްރާމުގައި 124 ދަރިވަރުން އެ ސިޓީގެ ހަތަރު ސްކޫލަކުން ބައިވެރިވިއެވެ.

ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުގައި ވެސް ކުރިއަށް ގެންދިޔައެވެ.

ޓްރެފިކް މޮނީޓަރސް ޕްރޮގްރާމުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުމުގައި އަމަލީގޮތުން ސްކޫލު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކޮށް އެކަމަށް ދަރިވަރުން ތަމްރީނު ކޮށްދެއެވެ.

ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމްގައި، ޓްރެފިކް ބެލެހެއްޓުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ތަމްރީނު ދަރިވަރުންނަށް ދެއެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *