ގްރޭޑް 11 އާއި 12 އިގެ ފަހު އިމްތިޙާން ފަށައިފި

އަޙްމަދިއްޔާ ސްކޫލުގައި އޭލެވެލް ކިޔަވާ ދަރިވަރުން އިމްތިޙާނު ހަދަނީ- ފޮޓޯ: އަޙްމަދިއްޔާ

ގްރޭޑް 11 އާއި 12 އިގެ ފަހު އިމްތިޙާން މިއަދު ފަށައިފިއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މިއަދު ފެށި އިމްތިޙާން މި މަހު 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.

އޭލެވެލްގެ ދެވަނަ ސެމެސްޓަރގައި ނަގާ ފަހު އިމްތިޙާން ނަގަނީ މޮކް އިމްތިޙާނުގެ ގޮތުގައެވެ.

ދެވަނަ ޓާމުގެ އިންތިޙާނަށްފަހު ރިވިޝަންއަށް ދެ ހަފްތާއެއްހާ ދުވަސް ހޭދަކުރުމަށްފަހު، ގުރޭޑް 11ގެ ކުދިން އޭއެސް އިމްތިޙާން، ގުރޭޑް 12ގެ ދަރިވަރުން A2 އިމްތިޙާން ހަދާނެއެވެ.

އޭލެވެލް އިމްތިޙާން މި އަހަރު ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *