ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަނުމުގެ ފުރުޞަތު އަންގާރަ ދުވަހު ހުޅުވާލަނީ

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެއާއި މާލޭގައި އަލަށް ހުޅުވާ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެޕްލިކޭޝަން ފޯމް ހުށައަޅަން މި މަހުގެ 13 ވާ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އޮންލައިން އެޕްލިކޭޝަން ފޯމްގެ ލިންކު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަންނަން ފޯމް ހުށަހަޅަން ހުޅުވާލާ ދުވަހަކީ މި އަހަރު ބޭއްވި ސާނަވީ އިންތިޙާނުގެ ނަތީޖާ ވެސް ދޫކުރާ ދުވަހެވެ.

ސީއެޗްއެސްއީގެ ސްކޫލެއް މާލޭގައި ހުޅުވަން ސަރުކާރުން ނިންމީ މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ 400 ކުދިން ކޮންމެ ދުވަހަކު ހުޅުމާލެއަށް ދާން އުފުލަމުންދާ ތަކުލީފަށް ލުޔެއް ހޯދުމުގެ ގޮތުން ކަަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސީއެޗްއެސްއީގެ މާލެ، ހުޅުވަނީ މާލޭގައި އެ ސްކޫލް ހިންގި އިމާރާތުގައެވެ. އެ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތަކާއި މަރާމާތުގެ މަސައްކަތްތައް އަންނަ މަހު ކިޔަވަން ފަށާއިރަށް ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭގައި ހުރި ސީއެޗްއެސްއީގައި މިހާރު 1160އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މާލޭގައި ސީއެޗްއެސްއީގެ ސްކޫލެއް ހުޅުވަން ތައްޔާރު ވަމުން އަންނަ އިރު، މަތީ ސާނަވިއަށް އެހެން ސްކޫލްތަކުން ކިޔަވަމުން އަންނަ ކުދިންގެ ފީ ސަރުކާރުން ދައްކައި ދޭނީ ސަރުކާރުގެ ސްކޫލްތަކުން ޖާގަ ނުލިބިއްޖެ ހާލަތެއްގައެވެ. އެއީ މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުޞޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *