ސްކޫލުތަކުގެ ނަމުގައި އެކިއެކި މީސްމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ހުއްޓާލަން ޖެހޭ

ސްކޫލުތަކުގެ ނަމުގައި އެކިއެކި މީސްމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ހުއްޓާލުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު އަދީލް ނަޞީރު ގޮވާލައްވައިފިއެވެ.

އެމަނިކުފާނުގެ ފޭސްބުކުގައި މިއަދު ވިދާޅުވީ، ބެލެނިވެރިން އަތުން ފައިސާ ނެގުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތަރުހީބުދޭ ކަމެއްނޫން ކަމަށެވެ.

" ސްކޫލްތަކުގެ ނަމުގައި އެކިއެކި މީސްމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާކުރުން ހުއްޓާލުމަށް ގޮވާލަން. އަދި ސްކޫލްތަކުން ކުރިޔަށް ގެންދާ އެކިއެކި ހަރަކާތްތަކަށް އެހީދިނުމަށް ބޭނުންވާ މުޖުތަމައުގެތެރޭގައި ތިބި ތަނަވަސް ފަރާތްތަކުން ސްކޫލްގެ ފަންޑު އެކައުންޓަށް ފައިސާޖަމާކުރުމަށް އިލްތިމާސް ކުރަން"

ޑރ. އަދީލް ވިދާޅުވީ، ސްކޫލްތައް އޭސީ ކުރުމުގެ ޕްރޮޖެކްޓަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލެވިގެން ކުރިޔަށް ގެންދަން މިނިސްޓަރީ އޮފް އެޑިއުކޭޝަނުން އިފްތިތާހް ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށާއި އެކަމަކީ އަވަސް އަރުވާލައިގެން ކުރުމުން ލަފާ ނުކުރެވޭ އެތައް ގެއްލުންތަކެއް ސްކޫލްތަކަށް ކުރިމަތިވާނެކަން ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.

މިފަދަ ޓްވީޓެއް ކުރެއްވި ކަމަށް ބެލެވެނީ، ބެލެނިވެރިންގެ އަތުން ފައިސާ ނަގައިގެން ސްކޫލްތަކުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެންނެވެ.

ކުލާސްރޫމްތައް އޭސީ ކުރުމުގެ އަމަލީ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ފެށީ ހުސްވި މަހުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *