ހއ. އޭއީސީގެ އެއްވަނަ ދަރިވަރުންނަށް ސަހާ އާއި ފަރުހާން

ފާއިތުވި 2022-2023 ވަނަ ދިރާސީ އާހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ފާތިމަތު ސަހާ ވަހީދު އާއި އުމަރު ފަރުހާން ހޮވައިފިއެވެ.

ރޭ އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ސަހާ އެއްވަނަ އަށް ދިޔައީ ސާނަވީ ބައިންނެވެ. ފަރުހާން އެއްވަނަ އަށް ދިޔައީ މަތީ ސާނަވީންނެވެ.

ސާނަވީން އެއްވަނަ ހޯދި ސަހާ، އޯލެވެލްގައި އިސްލާމުން އޭ ސްޓަރ ދިވެހި އިނގިރޭސި ފިޒިކްސް ކެމިސްޓްރީ ބައޮލޮޖީ މެރިން ސައިންސް އޭ ފާސް އަދި ހިސާބުން ބީ ފާސް ހޯދާ ޤައުމީ ގަދަ ދިހައެއްގެ ނުވަނަ ހޯދިއެވެ.

ގުރޭޑް 7ން ފެށިގެން ކެޕްޓަންގެ ޒިންމާ އަދާކުރަމުން އައި ސަހާ އަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. އަޙްމަދިއްޔާއިން މަތީ ސާނަވީއަށް ކިޔަވަމުންދާ ސަހާ ކުރިއަށް ދާން ބޭނުންވަނީ ޑޮކްޓަރެއްގެ ގޮތުގައެވެ.

މަތީ ސާނަވީން އެއްވަނަ ހޯދި ފަރުހާން، މަތި ސާނަވީން، އިސްލާމުން އޭ ފާސް ދިވެހި އިކޮނޮމިކްސް ބިޒްނަސް އިން ބީ ފާސް އެކައުންޓިންގ އިން ސީ ފާސް ހޯދިއެވެ. އޭނާއަކީ އެ ސްކޫލުގެ ސީނިއަރ ޕްރިފެކްޓެކެވެ.

މިދިޔަ ދިރާސީ އަހަރު 46 ދަރިވަރުން އެ ސްކޫލުން ސާނަވީ ނިންމައި، ފަސް ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *