މިއަދުގެ ހުކުރު ހުޠުބާއަކީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ދަންނަބޭކަނބަލަކު ލިޔުއްވި ފުރަތަމަ ޚުޠުބާއެވެ. އާއިލީ ގުޅުން ދެމެހެއްޓުމުގެ މައްޗަށް މިއަދުގެ ހުޠުބާ ތައްޔާރު ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ނާއިބު ވަޒީރު، އަލްއުސްތާޛާ ޙައްވާ ލަޠީފެވެ.
މިޞްރުގެ އަޒްހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލް ކުރެއްވި ހައްވަ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަޤާމު މީގެ ކުރިން އަދާކުރައްވާފައެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހުޠުބާ ލިޔުއްވިކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓްގައި އެކަން ފާހަގަ ކުރައްވާފައެވެ.
ޙައްވާ ލަތީފު ލިޔުއްވި، މިއަދުގެ ހުޠުބާގައި އާއިލީ ގުޅުމާއި އެ ގުޅުން ދެމެހެއްޓުމުގެ މައްޗަށް ވަރަށް ތަފުޞީލުކޮށް އަލިއަޅުވައިލައްވާފައިވެއެވެ. އާއިލީ ގުޅުމަކީ ކޮބައިކަމާއި އެ ގުޅުން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ޒިންމާއާއި މަސްއޫލިއްޔަތުތައް ވެސް ބަޔާން ކޮށްދެއްވާފައިވެއެވެ.
advertisment
ހިޔާލު