އޭދަފުށީގައި ހުންނަ ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހެޔޮއެދޭ ފަރާތަކުން އިނގިރޭސި ވާހަކަ ފޮތް ހަދިޔާކޮށްފިއެވެ.
ހަދިޔާ ކުރި ފަރާތުން ނަން ހާމަކުރަން ބޭނުން ނުވާތީ އެ ސްކޫލުން ވެސް އެ ފަރާތުގެ ނަމެއް ހާމައެއް ނުކުރެއެވެ.

ބ. އޭއީސީން ދަރިވަރު ނޫހަށް މިއަދު މައުލޫމާތު ދިން ގޮތުގައި 154 އިނގިރޭސި ވާހަކަ ފޮތް އެ ފަރާތުން ހަދިޔާ ކުރީ ދަރިވަރުންގެ އުނގެނުމަށާއި އެ ސްކޫލުގެ ލައިބްރަރީއަށް ވެދިން އެހީއެއްގެ ގޮތުންނެވެ. އެ ފަރާތުން ހަދިޔާ ކުރި ފޮތްތަކުގެ އަގު އަށް ހާހެއްހާ ރުފިޔާއަށް އަރާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
700 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ބ. އޭއީސީގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރަން އެ ސްކޫލުން އޮންނަނީ އާންމުކޮށް ހުޅުވާލާފައި ކަމަށާއި އެ ސްކޫލުގެ ބެލެނިވެރިންނާއި އާންމުންގެ ފަރާތުން ވެސް ފޮތް ހަދިޔާ ކުރަމުން ގެންދާ ކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު