އަންނަ ސެޕްޓެމްބަރު މަހު މަތީ ސާނަވީ ފަށާއިރު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ގުރޭޑް 11 އިން ޖާގަ ދެވެން ހުރި މިންވަރަށް މަތީ ސާނަވީއަށް ކިޔަވަން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
އަޙްމަދިއްޔާއިން ބުނީ އެ ސްކޫލުން އިންތިޒާރު ކުރަނީ މި މަހުގެ 13 ވަނަ ދުވަހު އޯލެވެލްގެ ނަތީޖާއަށް ކަމަށެވެ.
"އަޙްމަދިއްޔާއިން ކިޔަވަން ބޭނުންވާ ދަރިވަރުން މިހާރު ވަނީ ޕްރީ އެޕްލިކޭޝަން ހުށަހަޅާފައި. އޯލެލްގެ ނަތީޖާ ލިބުމާއެކު ޖާގަ ދެމުން ގެންދާނަން" ޕްރިންސިޕަލް މުޙައްމަދު ރަޝީދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަޙްމަދިއްޔާއަށް ދެވޭނީ 350 އެއްހާ ޖާގަ ކަމަށާއި އެ އަދަދަށް މިހާރުވެސް ޕްރީ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.
" އަޅުގަނޑުމެންގެ ޖާގަ އަބަދުވެސް މި އޮންނަނީ ވަރަށް ލިމިޓްކޮށް، ޕްރީ އެޕްލިކޭޝަން ހުށަހެޅި ދަރިވަރުންގެ ނަތީޖާއަށް ބެލުމަށްފަހު ޖާގަ ހަމަޖައްސާނީ" ޕްރިންސިޕަލް ރަޝީދު ވިދާޅުވިއެވެ.
އަޙްމަދިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަން އެ ސްކޫލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަޙްމަދިއްޔާ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން އޭލެވެލްއާ ހަމައަށް މާލެ ސަރަޙައްދުގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.
advertisment
ހިޔާލު