މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ދަރިވަރުން އެންރޯލް ވުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލުމާތު ހޯދުމަށް މޯލްޑިވްސް ކުލެސިފިކޭޝަން އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން މިފަދަ އިލްތިމާސެއް ކުރީ، މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކުން އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް އެކިއެކި ސޯޝަލް މީޑިއާ ތަކުގައި އިސްތިހާރު ކުރަމުންދިއުމާއި ހުއްދަ ނެތް ކޯހެއްގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ފަހުން އެ ދަރިރަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމުގެ ބޭނުމުގައެވެ.
ހުއްދަ ނުނަގައި ދީފައި އޮތް ހުއްދައިން ބޭރުން ކޯސްތައް ހިންގުމާ ގުޅިގެން ބައެއް ކޮލެޖްތަކަށް ކުލަސިފިކޭޝަން އޮތީރިޓީން ވަނީ ފިޔަވަޅުވެސް އަޅާފައެވެ.
އެ އޮތޯރިޓީން ބުނީ، ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓާއި އަދި އެހެނިހެން މައުލޫމާތު އެ އޮތީރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
advertisment
ހިޔާލު