އެމްއެންޔޫގެ ފަހި ދުވަހުން ޒުވާނުންނަށް ދައްކައިދެނީ "ޓީމް ބިލްޑް ކުރުމާއި" އާއި "ލީޑަރޝިޕް" އަދި ކުރިއަށް ދާނެ މަގެއް

އެމްއެންޔޫގެ ފަހި ދުވަހުން ޒުވާނުންނަށް ދައްކައިދެނީ "ޓީމް ބިލްޑް ކުރުމާއި" އާއި "ލީޑަރޝިޕް" އަދި ކުރިއަށް ދާނެ މަގެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް ތާވަލު ކޮށްފައި އޮތީ މާދަމާއަށެވެ. މާދަމާ ހަވީރު 4ން 6އަށް އަދި 8ން 10އަށް ކުރިއަށް ދާނެއެވެ.

އެމްއެންޔޫގެ ފަހި ދުވަހުގެ ހަރަކާތްތައް މި އަހަރު ކުރިއަށްދާއިރު، ޒުވާނުންނަށް ޚާއްޞަކޮށްގެން ޓީމް ބިލްޑް ކުރުމާއި ލީޑަރޝިޕާއި ކުރިއަށް ދާންވީ މަގެއް ދައްކައި ދިނުމަށް އެހީތެރިކަން ފޯރުކޮށް ދޭނެކަމަށެވެ.

އެމްއެންޔޫއިން ބުނީ، ފަހި ދުވަހުގެ ހަރަކާތްތައް ކުރިއަށް ދާނީ ތަފާތު މަޖާ މާހައުލެއްގެ ތެރެއިން ތަފާތު ވައްތަރުގެ ގޭމްތަކާއި ކުޅިވަރުތައް ވެސް ހިމަނައިގެންނެވެ. މިއީ އެކުވެރިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ކޮޅެއް ހޭދަކޮށްލައިގެން ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ އިރުޝާދާއި މައުލޫމާތު ހޯދުމަށް ލިބޭ ފަހި ފުރުޞަތެއްކަން އެމްއެންޔޫއިން ފާހަގަ ކުރެއެވެ.

ފަހި ދުވަހުގެ ހަރަކާތްތައް މާލެއެކޭ އެއްގޮތަށް އެ ޔުނިވަރސިޓީގެ ހުރިހާ ކެމްޕަސްތަކެއްގައި ވެސް ކުރިއަށް ގެންދާނެއެވެ.

އަދި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަންނާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ.

ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، ދަނޑުވެރިކަން އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *