މޮރިޝަސްގައި ބޭއްވި ޤުރުއާން މުބާރާތުން ހާފިޒު އަލްޔަސައުއަށް ތިންވަނަ

މޮރިޝަސްގައި ބޭއްވި ޤުރުއާން މުބަރާތަކުން ރާއްޖޭގެ އަލްޙާފިޡް ޢަބްދުﷲ އަލްޔަސަޢު ބިން ޒަމްޒަމް 19، ތިން ވަނަ ހޯދައިފިއެވެ. "ކަލްޗަރަލް އެކްސްޗޭންޖް ޕްރޮޖެކްޓް : ޔޫތު ފްރޮމް ދި އިންޑިއަން އޯޝަން ރީޖަން" ޤުރްއާން މުބާރާތް ކުރިއަށް ގެންދިޔައީ ޖުލައި މަހުގެ 20ން 30އަށެވެ. މި މުބާރާތުން އަލްޔަސަޢު ތިން ވަނަ ހޯދީ ޤުރްއާން އެއްކޮށް ނުބަލާ ކިޔެވުމުގެ ބައިންނެވެ.

ހާފިޒު އަލްޔަސައު (މ) ހޯދީ ޤުރުއާނުގެ ދާއިރާއިން ރާއްޖެއަށް ފަޚުރިވެރި ކާމިޔާބެއް- ފޮޓޯ: ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު

މި މުބާރާތުގައި އަލްޔަސަޢު ބައިވެރިވީ ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ދިން ފުރުޞަތެއްގައެވެ. މިއީ އަލްޔަސަޢު ރާއްޖެއިން ބޭރުގައި ބޭއްވި މުބާރާތެއްގައި ބައިވެރިވެ ވަނައެއް ހޯދި ފުރަތަމަ ފަހަރެވެ. މައްކާގައި ބޭއްވި ޤުރުއާން މުބާރާތުގައި މީގެ ދެ އަހަރު ކުރިން އޭނާ ވަނީ ބައިވެރިވެފައެވެ.

އަލްޔަސަޢު ޤުރުއާން ހިތުދަސް ކުރީ އުމުރުން ދިހަ އަހަރުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *