ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މި އަހަރު ބާއްވާ ފޮތް މައުރަޒު އަންނަ ސެޕެޓެމްބަރު މަހު 12ން 14އަށް ބާއްވަން ނިންމައި، އެ މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މިއީ ޤަވާއިދުން ކޮންމެ އަހަރަކު ވެސް ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވާން މިފަހަރު ވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.
މި ފޮތް މައުރަޒުގައި ފޮތް ވިއްކަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ 14:00ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހެއެވެ. މައުރަޒުގައި ބައިވެރިވާ ފަރާތްކަށް ސްޓޯލެއްގެ ގޮތުގައި ގާތްގަނޑަކަށް 8×8ފޫޓުގެ ޖާގަ ހަމަޖައްސައިދެއެވެ. އަދި މޭޒު، ގޮނޑިފަދަ ތަކެތި ހިލޭ ފޯރުކޮށްދެއެވެ.

އެމްއެންޔޫން ބުނެފައި ވަނީ، މައުރަޒު ކުރިއަށް ދާނީ، ސެޕްޓެމްބަރު މަހުގެ 12ން 14 ވަނަ ދުވަހު، ހަވީރު 4ން 6އަށް އަދި ރޭގަނޑު 8ން 10އަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކާއި ޒިޔާރަތް ކުރާ ފަރާތްތައް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
ޤައުމީ ޔުނިވަރސިޓީން ދަނީ މިފަހަކަށް އައިސް މިކަހަލަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ.
ފޮތް މައުރަޒުގެ ރެޖިސްޓްރޭޝަން ލިންކް : http://tiny.cc/7andzz
advertisment
ހިޔާލު