މުލީކޮޅު ރާޅުގަނޑު މުބާރާތުން ޗެމްޕިއަންކަން ހޯދުމުން ގުރައިދޫ ސްކޫލުގެ އިނާނަށް ރަށުން ހޫނު މަރުޙަބާއެއް

ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހައްނާނު ހޯދުމުން އޭނާ ކިޔަވަމުން އަންނަ ގުރައިދޫ ސްކޫލު ހިމެނޭހެން މުޅި ރަށުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މ. މުލީގައި ކުރިއަށްދިޔަ މި މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން އިނާން ހޯދީ ފައިނަލް ހީޓުގައި ޔަސިން އަހުމަދު ނާޝިދު ގެ މައްޗަށް 10.50ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ފައިނަލުގައި ފަސް ރާޅެއް އިނާން އެޅިއެވެ. އިނާން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ އިނާނުގެ ދެވަނަ ރާޅުންނެއެވެ. މި ހީޓުގައި ޔަސިން އަށް ލިބުނީ 7.67ގެ ސްކޯ އެކެވެ.

ޤުރައިދޫ ސްކޫލުގެ ލީޑިންގ ޓީޗަރު މަރިޔަމް އަރޫޝާ ވިދާޅުވީ، އިނާން ހޯދީ އެރަށާއި ސްކޫލަށް ފަޚުރުރި ކާމިޔާބެއް ކަމަށާއި އެ މަސައްކަތުގައި ކުރިއަށް ދިޔައީ އާއިލާއާއި އަމިއްލަ މަސައްތުން ކަމަށެވެ.

" ބެލެނިވެރިންގެ އެހީތެރިކަމާއެކު އަމިއްލަ މަސައްކަތުން ކާމިޔާބީ އިނާމް ހޯދަމުން އެދަނީ" އަރޫޝާ ވިދާޅުވިއެވެ.

އަރޫޝާ ވިދާޅުވީ، ރާޅާ އަޅަން އިނާން ދާން ފެށީ ގުރޭޑް 5ގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށާއި ފަހުން އެ ކަން ކުރަމުން އައީ ސްކޫލުގެ ހުއްދައާ އެކުގައި ކަމަށެވެ.

މީގެ ކުރިން ބޭއްވި މުބާރާތްތަކުން ވެސް އިނާން ވަނީ ކާމިޔާބީ ތަކެއް ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *