ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ އިސްވާރުންނަ ށް މަޤާމު ޙަވާލު ކުރު މުގެ ރަސްމިއްޔާތު މިމަހު އެއް ވަނަ ދުވަހު އެ ސްކޫލުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީއެވެ.
މި ރަސްމިއްޔާތުގައި ސްކޫލުގެ ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަން އަންހެން ،އަދި ޑެޕިއުޓީ ކެޕްޓަން ފިރިހެން ސްކޫލު އެކްޓިވިޓީސް ކެޕްޓަން، ޑެޕިއުޓީ އެކްޓިވީސް ކެޕްޓަން ޔުނިފޯމް ބޮޑީޒްގެ ލީޑަރުންނާއި ،ހައުސް ކެޕްޓަނުންނާއި ، ހައުސްތަކުގެ ވައިސް ކެޕްޓަނުން ނަށް މަޤާމު ލިޔުމާއި ސޭޝް އަދި ޓެގް ޙަވާލު ކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީ އެވެ.
ކްލަބްތަކުގެ ޕްރެޒިޑެންޓުންނާއި ވައިސް ޕްރެޒިޑެންޓުން ނާއި ސީނިއަރ ޕްރިޕެކްޓުންނަށް މަޤާމުގެ ލިޔުން ޙަވާލު ކޮށްދެއްވީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުالله ނަޞީޙެވެ.

މި ހިނގާ 2024 ވަނަ ދިރާސީ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޕްޓަކަށް ހޮވިފައި ވަނީ އެ ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރު ޢާއިޝަތު އިފާފް މުޢާޒެވެ.

ޑެޕިއުޓީ ކެޕްޓަން ފިރިހެންގެ މަޤާމަށް ހޮވިފައި ވަނީ އަޙުމަދު ޝައިން ރިޒާ ގްރޭޑ9ް އަދި ޑެޕިއުޓީ ކެޕްޓަން އަންހެން ގެ މަޤާމަށް ހޮވިފައި ވަނީ ޢާއިޝަތު އީޝަލް ޢަލީ ގްރޭޑް 10 އެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާންގެ ވާހަކަ ފުޅުގައި ސްކޫލުތަކުގައި ސްޓޫޑެންޓް ލީޑަރުން ޢައްޔަނު ކުރުމުން ދަރިވަރުންނަށް ލިބޭ ފައިދާތަކާއި ސްޓޫޑެންޓް ލީދަރުން ސްކޫލުގެ ކުރިމަގަށް ގޯލް ކަނޑައަޅާ މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވާ ވާހަކަ ފުޅު ދެއްކެވިއެވެ.

ޕްރިންސިޕަލް ޢަބްދު الله ނަސީޙުގެ ވާހަކަ ފުޅުގައި ދަރިވަރުން އަމިއްލަ ނަފްސަށް އިތުބާރުކޮށް ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށާއި ލީޑަރުންގެ ގޮތުގައި ކުރިޔަށްދިއުމުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި އެހެން ދަރިވަރުންނަށް އެއްބާރުލުން ދިނުމުގައި ފަސްނުޖެހި ކުރިޔަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ. ތަޢުލީމަކީ އެކަނިވެރި މަސައްކަތެއްނޫންކަމާއި އެއީ ޖަމާޢަތުގައި ކުރެވޭ މަސައްކަތެއްކަން އަބަދުވެސް ހަނަދާނުގައި ބެހެއްޓުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ލ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދާ ހުނަރާއި ޢިލްމަކީ ކުރިޔަށް އޮތްތަނުގައި ކުރާ މަސައްކަތުގެ ބިންގާ ކަމު ގައި ހެދުމަށާޢި އޯޕަން މައިންޑެޑް އެޑެޕްޓޭބަލް އަދި އިނޮވޭޓިވް ދަރިވަރުންނަށް ވުމަށް މަސައްކަތް ކުރު މަށް ދަރިވަރުންގެ ކިބައިން އެދި ވަޑައިގެންނެވިއެވެ.
ލ. އަތޮޅު ތަޢުލީމީ މަރުކަޒަ ކީ 750 އަށް ވުރެ ގިނަ ދަރިވަރުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އއާއި ހަމައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.
advertisment
ހިޔާލު